ads
އާސެނަލްގެ އެމެރިކް އޮބާމަޔަން
ޔޫރޮޕާ ލީގު: އާސެނަލް ދެވަނަ ބުރަށް
ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުން އާސެނަލް ފުރުސަތު ހޯދައިފި އެވެ. އާސެނަލް ދެވަނަ ބުރަށް ދިޔައީ ރޭ ކުޅުނު މެޗުގައި ނޯވޭގެ މޯލްޑް ބަލިކޮށްގެނެވެ.

ރޭގެ މެޗުގެ މޮޅާއި އެކު އާސެނަލުންވަނީ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް ބާރަ ޕޮއިންޓް ހޯދާފައެވެ. ރޭގެ މެޗުން މޮޅުވީ ތިން ލަނޑު ސުން ލަނޑުންނެވެ. މި މެޗުގައި އާސެނަލުން ޖެހި ތިން ލަނޑުވެސް ޖެހީ ދެވަނަ ހާފުގައެވެ. 

އާސެނަލްގެ ފުރަތަމަ ލަނޑު ޖެހީ ނިކޮލަސް ޕެޕޭ އެވެ. ދެ ވަނަ ލަނޑު ރީސް ނެލްސަން ޖެހިއިރު ފަހު ލަނޑު ޖެހީ ފޯވާޑް ފޮލަރިން ބަލޮގަންއެވެ. އޭނާ ކުޅެން ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް