ads
އއ. އުކުޅަސް--
އުކުޅަހުން އިތުރު ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
އއ. އުކުޅަހުން އިތުރު ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ސީއެންއެމްއަށް ވިދާޅުވި ގޮތުގައި މިއަދު ޕޮޒިޓިވްވެފައި ވަނީ ރަޝިއާއަށް ނިސްބަތްވާ އުމުރުން 52 އަހަރުގެ އަންހެން ފަތުރުވެރިއެކެވެ. 

އެ މީހާ ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ކުރިއަށް ގެންދެވުން ނަމަވެސް އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތަށް އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި ފަރާތެއް ފާހަގަކުރެވިފައި ނުވާ ކަމަށް ޝައުކަތު ވިދާޅުވެ އެވެ. 

މިއީ އެރަށުން ޕޮޒިޓިވްވި ދެވަނަ ފަތުރުވެރިޔާ އެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް ފަތުރުވެރިއަކު ޕޮޒިޓިވްވި އެވެ. 

ޕޮޒިޓިވްވި ފަތުރުވެރިން ތިބީ އައިސޮލޭޝަނުގައި ފެސިލިޓީގައި ކަމަށް ޝައުކަތު ފާހަގަކުރައްވަ އެވެ. 

ގެސްޓްހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އުކުޅަހުގައި މިވަގުތު ދިހަ ގެސްޓްހައުސްއަކުން ހިދުމަތްދެމުން އަންނައިރު އެތަންތަނުގައި 50 އެއްހާ ފަތުރުވެރިން ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އެރަށަކީ 34 ގެސްޓްހައުސްއެއް ހިންގަމުން އަންނަ ރަށެކެވެ. ޝައުކަތު ވިދާޅުވީ ގެސްޓްހައުސްތަކުގެ ބުކިންތަކަށް ބަލާއިރު ޑިސެމްބަރު މަހުގެ ތެރޭގައި އެ ވިޔަފާރި ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް