ads
ތިމަރަފުށި--
ޓެރަރިޒަމް ހަމަލާއާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި
ހަރުކަށި ފިކުރުގެ ބަޔަކު ރޭވިކަމަށް ބުނާ ޓެރަރިޒަމްގެ އަމަލާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެ ދެމީހުން ހައްޔަރުކުރީ ތ. ތިމަރަފުށިންނެވެ. އެގޮތުން ހައްޔަރުކުރީ އެ ރަށު ސްކޫލުގެ ޓީޗަރަކާއި އެއާޕޯޓް މުވައްޒަފެއް ކަމަށް ވެ އެވެ. 

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ 28 އަހަރުގެ މީހަކާއި 34 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފަ އެވެ. 

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މާލެ އާއި މާލެ އަތޮޅުގެ ކަނޑުގަޔާއި ތ. ތިމަރަފުށީގައި އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައީ މިމަހުގެ ކުރީކޮޅެވެ. 

އެ އޮޕަރޭޝަނުގައި މީގެ ކުރިން ވަނީ މާލެ އިން އެކަކު އަދި ކަނޑުމަތީ އޮތް ދޯންޏަކުން ތިން މީހެއްގެ އިތުރުން ތިމަރަފުށިން ދެ މީހަކު ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެއްހެ އިތުރުން 18 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެއް އަދި 31 އަހަރުގެ މީހެއް ކަމަށެވެ.  

އެކަމާއި ގުޅިގެން ކުރިން އަޑުއެރީ ފުލުހުން ހުއްޓުވީ ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ރާވާފައިވާ ހަމަލާއެއް ކަމަށް ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް