ads
އަނުޝްކާ، ކްރޫއިންތަކަކާއެކު--
ދުނިޔޭގައި ހުރިހާހިނދަކު ފިލްމުކުޅުން ހުއްޓާލުމުގެ ވިސްނުމެއް އަނުޝްކާގެ ނެތް!
މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ބަލިވެ އިން ހަބަރު ހިއްސާކުރި އަނުޝްކާ ޝަރްމާ، މިދަނޑިވަޅުގައި ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އޭނާގެ ބްރޭންޑްތަކުގެ މަސައްކަތްތަކެއް މިވަގުތު ކުރަމުން އަންނައިރު ފުރަތަމަ ދަރިއަށް އަންނަ ޖެނުއަރީގައި މަރުހަބާ ކިޔުމަށް ފަހު މަސައްކަތަށް ނިކުންނާކަން ވެސް އަނުޝްކާ ހާމަކުރެ އެވެ.

މިފަހުން އަނުޝްކާ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވަނީ ކޮވިޑްގެ މިދަތި ހާލަތުގައި ވެސް އަލުން ފިލްމުތަކުގެ މަސައްކަތްތަކާއި އަދިވެސް އިތުރު ޝޫޓިންތައް ފެށިގެން ކުރިއަށްދާތީ އެކަމަށް އުފާވާ ކަމަށް ބުނެފަ އެވެ. 

އެގޮތުން ކޮވިޑްގެ މިދަނޑިވަޅުގައި ރައްކާތެރިކަމުގެ ތަފާތު ފިޔަވަޅުތަކާއެކު ޝޫޓްކުރަމުން އަންނައިރު އޭނާއަށްޓަކައި ވެސް ބައެއް ފިޔަވަޅުތައް އަޅާފައިވާތީ އެކަމާއި އުފާވާ ކަމަށް ބުނެ އެވެ. 

އަދި ވިހެއުމަށް ފަހު އަނބުރާ މަސައްކަތަށް އަންނާނެކަން ފާހަގަކުރަމުން އަނުޝްކާ ވަނީ އެއަށް ފަހު އޭނާ ޖެހޭނީ ގޭގައި ހޭދަކުރާ ވަގުތާއި މަސައްކަތުގައި އުޅޭ ވަގުތު ބެލެންސްކުރަން ކަމަށް ބުނެފަ އެވެ. އަދި ދުނިޔޭގައި ހުރިހާ ހިނދަކު ފިލްމު ކުޅުން ހުއްޓާލުމުގެ ވިސްނުން ނެތްކަމަށް ބުނެ އަނުޝްކާ ވަނީ އެކްޓިންއަކީ އޭނާއަށް އުފާވެރިކަން ލިބޭ ކަމެއް ކަމަށް ބުނެފަ އެވެ.

ބޮލީވުޑުގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ އާއި ކާމިޔާބު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއަކީ ބޮލީވުޑުގެ އެންމެ ލޯބި އެއް ޖޯޑެވެ. 2017 ވަނަ އަހަރު އިޓަލީގައި ދެމީހުން ކައިވެނި ކުރިއިރު އެމީހުންގެ ކައިވެނީގެ ފޮޓޯތަކަށް ވެސް ބޮޑު ސަމާލުކަމެއް ލިބުނެވެ.

0%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް