ads
ލަންކާ--
ލަންކާގެ ކޮވިޑް މަރުތައް 100 އިން މައްޗަށް އަރައިފި
އިއްޔެ އެކަނި ވެސް ކޮވިޑް-19 ގައި އަވަށްޓެރި ސްރީލަންކާ އިން އަށް މީހަކު މަރުވެ، އެގައުމުން ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު 107 އަށް އަރައިފި އެވެ.

ލަންކާ އިން ކޮވިޑް-19 ގެ ފުރަތަމަ ރާޅު ކޮންޓްރޯލްކޮށްފައި އޮއްވާ، ބަލީގެ ހާލަތު ގޯސްވެފައި ވަނީ އޮކްޓޫބަރު މަހުގެ ކުރީކޮޅެވެ. ދެ މަސް ދުވަސް ވަންދެން ކޮވިޑް ކޮންޓްރޯލްކުރެވިފައި އޮތުމަށް ފަހު، ގާމެންޓް ފެކްޓަރީއެއްގައި މަސައްކަތް ކުރާ ބަޔަކު ޕޮޒިޓިވްވެ، ކޮވިޑްގެ ދެވަނަ ރާޅު ބޮޑުވަމުން އަންނައިރު އެގައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވެސް މިހާރު ވަނީ 22,501 އަށް އަރާފަ އެވެ. 

ލަންކާއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 100 އިން މައްޗަށް އަރާފައިވާއިރު މިދިޔަ މަހުގެ ކުރީކޮޅާ ހަމައަށް އެގައުމުން ބަލި ޖެހުނީ އެންމެ ތިން ހާހެއްހާ މީހުންނަށެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު އުޅުނީ 13 ގަ އެވެ.

ކުއްލިއަކަށް ގައުމުގެ ހާލަތު ގޯސްވެގެންދިޔައިރު އިއްޔެ އެގައުމުން ބަލީގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 36 އަހަރާއި 87 އަހަރާ ދެމެދުގެ މީހުންނެވެ. މަރުވި ގިނަ މީހުން ނިސްބަތްވަނީ ކޮލަމްބޯއަށެވެ.

ލަންކާއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 16،266 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މިހާރު ބަލި ޖެހިގެން ފަރުވާދެމުންދަނީ 6,168 މީހަކަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް