ads
އެމްޕީއެލް ސަރަހައްދުގައި ކޮންޓެއިނަރުތަކެއް--
ފީ ނެގުން ލިމިޓްކޮށް ޝިޕިން އެޖެންޓުންގެ ގަވާއިދު ނެރެފި
ފީތައް ލިމިޓްކޮށް، ފީނެގޭނެ އަގުތައް ކަނޑައަޅާއި، ޝިޕިން އެޖެންޓުންގެ އާ ގަވާއިދު ގެޒެޓްކޮށްފި އެވެ.

މީގެ ކުރިން ޝިޕިން އެޖެންޓުން ހިތުހުރި ގޮތަކަށް ފީނަގަމުންދިޔަ ކަމުގެ އަޑުތަކެއް ވެސް އެރި އެވެ.

"ޝިޕިން އެޖެންސީއާ ބެހޭ ގަވާއިދު" ގައިވާ ގޮތުން ވިޔަފާރިކުރަން ލައިސެންސް ދޫކުރަން ހަމަޖެހިފައި ވަނީ 100 ޕަސެންޓް ދިވެހި ހިއްސާދާރުން ހިމެނޭ ކުންފުނިތަކާއި ޕާޓްނާޝިޕްތަކަށް އެކަންޏެވެ.

އެ ގަވާއިދަށް އަމަލުކުރަން ފަށާއި ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ލައިސަންސް ހޯދަން ޖެހޭއިރު އެ ލައިސަންސް ހޯދުމަށްޓަކައި "ޝިޕިން އެޖެންސީ ރަޖިސްޓްރީކުރުމަށް އެދޭ ފޯމު" ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅަން ޖެހެ އެވެ.

އާ ގަވާއިދު އެޖެންޓުން ބޭނުންގޮތަކަށް ފީނަގަމުން އައި މައްސަލަ ހައްލުކުރުމުގެ ގޮތުން ފީ އަށް ވަކި މިންވަރެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ގަވާއިދުގައިވާ ގޮތުން އެ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، އިންކޯޓާމްސްގެ ދަށުން ޝިޕިން އެޖެންޓާއި މުދާ ގެންނަ ކޮންސައިނީ އާއި އެއްބަސްވެފައިވާ ހިދުމަތުގެ އަގުގެ އިތުރުން އެހެން އެއްވެސް ފީނެއް ނުވަތަ ޗާޖެއް ވެސް ނަގައިގެން ނުވާނެ އެވެ. 

އެގޮތުން ޑީއޯ ޗާޖު ފުލް ކޮންޓެއިނަރަކަށް ނުވަތަ އެއަށް ވުރެ ގިނަ ސީބީއެމް ހިމެނޭނަމަ ނެގޭނީ 771 ރުފިޔާ އެވެ. އަދި ފުލް ކޮންޓައިނަރަށް ވުރެ މަދުންނަމަ 385.50 ރުފިޔާ ނެގޭއިރު އެމެންޑްމަންޓް ޗާޖުގެ ގޮތުގައި ނެގޭނީ 385.50 ރުފިޔާ އެވެ.

އެ ގަވާއިދާ ހިލާފުވެއްޖެނަމަ ޖޫރިމަނާކޮށް ހިދުމަތުގެ ލައިންސަންސް ބާތިލުކުރާނެ ކަމަށް ގަވާއިދުގައިވެ އެވެ. އެގޮތުން ފުރަތަމަ ފަހަރަށް ގަވާއިދާ ހިލާފުވެއްޖެނަމަ 1000 އަދި ދެވަނަ ފަހަރަށް ވެސް ހިލާފުވެއްޖެނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް ބަޔާންކުރާއިރު ތިން ވަނަ ފަހަރަށް އެ ގަވާއިދާ ހިލާފުވެއްޖެނަމަ ހިލާފުވާ ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް ބުނެފައިވެ އެވެ. 

57%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް