ads
ހެމާ އަދި އޭނަގެ ދަރިފުޅު އަހާނާ
ހެމާ މާލިނީގެ ދަރިފުޅު އަހާނާއަށް މިފަހަރު ލިބުނީ ޓްވިންސްއެއް!
ބޮލީވުޑްގެ ކުރީގެ މަޝްހޫރް ތަރި ހެމާ މާލިނީގެ ދަރިފުޅު އަހާނާ ޑިއޯލް އަށް ޓްވިންސެއް ލިބުނުކަން އިއުލާންކޮށްފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.

އަހާނާއާއި އޭނާގެ ފިރިމީހާ ވައިބާވް ވަނީ އިންސްޓަގްރާމްގައި އެ އުފާވެރި ހަބަރު އިއުލާންކޮށްފައެވެ. ޓްވިންސްއެއް ލިބުނުކަން އިއުލާން ކުރަމުން ދެމަފިރިން ބުނެފައިވަނީ "އަޖައިބުތައް އަންނާނީ ޖޯޑުން" ކަމަށާއި އެދެކުދިންނަށް ކިޔަނީ އަސްޓްރައިއާ އަދި އެޑިއާ ކަމަށެވެ.

އެދެމަފިރިން ކައިވެނި ކޮށްފައިވަނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. އަދި އެމީހުންގެ އެންމެ ފުރަތަމަ ދަރިފުޅު ދާރިއަން ލިބިފައިވަނީ 2015 ވަނަ އަހަރުއެވެ. 

އަހާނާގެ އިތުރުން ހެމާގެ އެންމެ ބޮޑު ދަރިފުޅު އޭޝާ ޑިއޯލްގެ ވެސް ދެކުދިން އެބަތިއްބެވެ. ހެމާ ވަނީ މީގެ ކުރިން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި މާމައަކަށް ވުމުގެ އިހްސާސް ހިއްސާކޮށްފައެވެ. ހެމާ ބުނީ އޭނާގެ މާމަ ދަރިން އުޅެނީ އަބަދުވެސް އޭނާގެ ފޯން އާއި ލިޕްސްޓިކް ބޭނުންވެގެން ކަމަށެވެ. އަދި ލިޕްސްޓިކް ނަގައިގެން އޭނާގެ އަތުގަޔާއި މޫނުގައިވެސް ހާކާކަމަށް ހެމާ ބުނެފައިވެއެވެ.

ހެމާ ބުނީ އޭނާ ހެނދުނު ގަޑީ މޭކަޕް ކުރަން އުޅޭއިރުވެސް އެމީހުން ބޭނުންވާނީ އުނގުމަތީގައި އިންނަން ކަމަށާއި ދޭތެރެއަކުން އޭނާގެ ދަބަސްވެސް ބޭނުންވެގެން އުޅޭކަމަށެވެ. އަދި އޭނާ އެހާ ކުޑަދަބަގެއް ގެންގުޅެނީވެސް އެކުދިންގެ ސަބަބުންކަމަށް ހެމާ ބުނެފައެވެ. 

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް