ނޮވެމްބަރު 30 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމްގެ ބޭނުމަކީ ހިތަދޫ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުށް މަދު އަދި އަމަން ވެއްޓެއްގެ ގޮތުގައި ބޭއްވުން ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބުނީ ޒުވާނުންނަށް އެފަދަ ޕްރޮގްރާމްއެއް ހާއްސަ ކުރެވިގެންދަނީ، ހިތަދޫއަކީ އާބާދީ ބޮޑު ރަށަކަށް ވެފައި ކުށްމަދު ވެއްޓެއް ގާއިމްކުރުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ކުރިޔަށް ގެންދެވޭނީ ރަށުގެ ޒުވާނުންގެ ޚިޔާލާއި މަޝްވަރާއާއި އެއްބާރުލުން ލިބިގެން ކަމަށްވާތީ ކަމަށެވެ.
ކައުންސިލުން ބުނީ އެޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ޒުވާނުން ނަމާއި ގުޅޭނެ ނަންބަރު 29 ނޮވެންބަރުގެ 12:00 ގެ ކުރިން 7789042 އަށް މެސެޖް ނުވަތަ ވައިބާ ކުރުން އެދޭކަމަށެވެ.
ޒުވާނުންނަށް އަމާޒުކޮށްގެން، ބާއްވާ އެ ކްރައިމް ޕްރިވެންޝަން ޕްރޮގްރާމްގައި މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޕޮލިސްސާވިސްގެ ފަރާތުންނެވެ.