ads
ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާއި ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކުސަ
މިނިސްޓަރު މާރިޔާ ސްރީލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވައިފި އެވެ.

ހަތަރުވަނަ ވަނަ "އެންއެސްއޭ ލެވަލް މީޓިން އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން" ގައި ބައިވެރިވުމަށް ސްރީލަންކާއަށް މިނިސްޓަރު ކުރައްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު މާރިޔާ އާއި ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކުސަ އާއި އެކު ވަނީ ދެ ގައުމު ގުޅިގެން ޑިފެންސް ކޯޕަރޭޝަންގެ ދާއިރާ ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

އަދި ކޮވިޑް-19 ގެ މިހާލަތުގައި ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް އެ ބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާކުރައްވާފައި ވާއިރު މިނިސްޓަރު މާރިޔާ ވަނީ ކޮވިޑް-19 ގެ މިހާލަތުގައިވެސް ލަންކާއިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު ދަަންނަވާފައެވެ.  

your imageމިނިސްޓަރު މާރިޔާ އާއި ސެކްރެޓަރީ މޭޖާ ޖެނަރަލް ރިޓަޔާޑް ކަމަލް ގުނަރަޓަނެ

އެ ބައްދަލުކުރެއްވުމުގެ ތެރެއިން މިނިސްޓަރު ވަނީ ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީ މޭޖާ ޖެނަރަލް ރިޓަޔާޑް ކަމަލް ގުނަރަޓަނެ އާ ވެސް ބައްދަލުކުރައްވާ މަޝްވަރާތަކެއް ކުރައްވާފައެވެ. އެގޮތުން އެ ބައްދަލުވުމުގައި ވެސް ވަނީ ދެ ގައުމު ގުޅިގެން ޑިފެންސް ކޯޕަރޭޝަންގެ ދާއިރާ ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. 

އަދި ކައުންޓާ ޓެރެރިޒަމް އާއި ކައުންޓާ ރެޑިކަލައިޒޭޝަން އަދި މަސްތުވާތަކެތި ސްމަގުލްކުރުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމަށް ދެ ގައުމު ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް ވަނީ އެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް