ads
ފޮޓޯ: ސަން އޮންލައިން
ރާއްޖޭގެ އާބާދީގެ 80 އިންސައްތަ ޒުވާނުން ބޭންކް އެކައުންޓް ބޭނުންކުރޭ
ދިވެހި ރާއްޖޭގެ އާބާދީގެ އަށްޑިހަ އިންސައްތައިގެ ޒުވާނުން ބޭންކް އެކައުންޓް ގެންގުޅޭކަން ވޯލްޑް ބޭންކުން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
ދިވެހި ރާއްޖޭގެ އާބާދީގެ އަށްޑިހަ އިންސައްތައިގެ ޒުވާނުން ބޭންކް އެކައުންޓް ގެންގުޅޭކަން ވޯލްޑް ބޭންކުން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

ވޯލްޑް ބޭންކުން ހެދި މިދިޔަ އަހަރުގެ ފައިނޭންޝަލް އިންކްލޫޝަން އިން ދަ މޯލްޑިވްސް އިން ދައްކާގޮތުގައި ދެކުނު އޭޝިއާގެ ދެވަނައަށް އެންމެ ގިނަ ޒުވާނުން ބޭންކް އެކައުންޓް ގެންގުޅޭ ގައުމަކީ ދިވެހިރާއްޖެ އެވެ.

މި ސަރަހައްދުން އިންޑިއާގައި އެންމެ ގިނަ ޒުވާނުން ބޭންކް އެކައުންޓް ބޭނުންކުރި ނަމަވެސް އެއީ ނިސްބަތުން ރާއްޖެއާ ވަރަށް ކުޑަ ފަރަގެކެވެ. މި ސާވޭ ދައްކާގޮތުން ބޭންކް އެކައުންޓް ގެންގުޅޭ ޒުވާނުންގެ ތެރެއިން 85 އިންސައްތަ ޒުވާން ފިރިހެނުން ބޭނުންކުރާ ކަމަށްވެއެވެ.

އެކައުންޓް ގެންގުޅޭ އަންހެނުންގެ ނިސްބަތް އުޅެނީ 75 އިންސައްތާގައެވެ. މިއީ ޕާކިސްތާނާއި، އަފްޣާނިސްތާން އަދި ބަނގްލަދޭޝްއާ އަޅާބަލާއިރު ޖިންސުގެ ހަމަހަމަ ކަމުގައި ރަނގަޅު މިންވަރެއް ކަމަށް ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

އަދި ރާއްޖޭގެ ޒުވާނުން ބޭންކް އެކައުންޓް ގެންގުޅޭ އަދަދު ގިނައީ އާމްދަނީގެ ހަމަހަމަ ކަމުގެ ސަބަބުން ކަމަށްވެސް ބުނެފައިވެއެވެ. ދެކުނު އޭޝިއާގައި ޒުވާނުން އެންމެ ގިނައިން ބޭންކް އެކައުންޓް ގެންގުޅެނީ އިންޑިއާގައި ކަމަށް ވިޔަސް ބޭނުން ނުކުރާ އެކައުންޓްތައް އިންޑިއާގައި ގިނަކަން ފާހަގަކޮށްފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް