ads
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެފްއޭއެމް ފައުންޑޭޝަން ލޯންޗްކޮށްފި
ފީފާ އާއި އޭއެފްސީގެ އެހީތެރިކަމާ އެކު، އެފްއޭއެމް ފައުންޑޭޝަން ލޯންޗުކޮށްފި އެވެ. އެފްއޭއެމް ފައުންޑޭޝަން ލޯންޗްކުރީ ހުކުރު ދުވަހު އެވެ.

އެފްއޭއެމް ފައުންޑޭޝަންގެ ގުޑްވިލް އެމްބެސަޑަރުންގެ ގޮތުގައި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިންކަމަށްވާ ޝާހް އިސްމާއިލްއާ އައްސަދު އަބްދުލްޣަނީގެ އިތުރުން އެހެން ބައެއް ކުޅުންތެރިންވަނީ ހަމަ ޖައްސާފަ އެވެ. މީގެ އިތުރުން އަލީ އަޝްފާގު ވެސް ވަނީ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ.

އެފްއޭއެމް ފައުންޑޭޝަން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި ފައުންޑޭޝަންގެ ފުޓްބޯޅައިގެ ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ އެތައް ކަމެއް ކުރެވިގެންދާނެ ކަމަށެވެ.

ފުޓްބޯޅަ އަކީ ވަރުގަދަ އިންސްޓިޓިއުޝަނެއް. މުޖުތަމައު އަށް ޒުވާނުން ބިނާކުރާ އިންސްޓިޓިއުޝަނެއް. ފަހަރުގައި ފޮތަކުން ކިޔަވާތަން ނުފެނިދާނެ. އެހެން ނަމަވެސް ދަނޑުތަކުން އަޅުގަނޑުމެންގެ ޒުވާން ކުޅުންތެރިން ވަރަށް ގިނަ ފިލާވަޅުތަކެއް ހާސިލްކުރަމުން ދޭ. އަޅުގަނޑުމެން އަނެކާ އަށް ކުރާ އިހުތިރާމާއި އަޅުގަނޑުމެން ޓީމު ބަލިވެގެންދާ ވަގުތުގައި އަރައިގަންނަން ކުރާ މަސައްކަތް. އަޅުގަނޑަށް ހީވަނީ މިއީ ދިރިއުޅުމުގައި ވަރަށް މުހިއްމު ފިލާވަޅެއް އަޅުގަނޑުމެންގެ ޒުވާނުންނަށް ލިބިގެންދާނެ.

އެފްއޭއެމް ފައުންޑޭޝަންގެ މަސައްކަތް އޮތީ މައިގަނޑު ހަތަރު ބަޔަކަށް ބަހާލާފަ އެވެ. އެއީ އެޑިއުކޭޝަން އާއި އެވެއާނަސް ޕްރޮގްރާމާއި ސޯޝަލް އެންޑް ކޮމިއުނިޓީ ޕްރޮގްރާމްސް އާއި ފުޓްބޯލް އިވެންޓްސް އަދި އެޑިޝަނަލް ރިސޯސަސް އެންޑް ޗެރިޓަބަލް އިނީޝިއޭޓި ވެސް އެވެ. އެފްއޭއެމް ފައުންޑޭޝަން ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ސްޕެޝިއަލް އޮލިމްޕިކްސް މޯލްޑިވްސް އާއި އެޑްވަކޭޓިން ރައިޓްސް އޮފް ޗިލްޑްރެންވަނީ ހަމަ ޖައްސާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް