އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލަން ރާއްޖެއަށް އައިސްފައިވާކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވިވޭކް ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެގޮތުން ރާއްޖޭގެ ގޮނޑުދޮށުގައި ބައިސްކަލެއް ދުއްވާ ފޮޓޯތަކެއް އޭނާ ވަނީ ހިއްސާކޮށްފަ އެވެ.
ވިވޭކަކީ ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ތަރިއެކެވެ. އެގޮތުން ކްރިޝް ތިނަކާއި ކުރްބާން އަދި ޕްރިންސް އާއި ސިންގް އިޒް ބްލިންގްގެ އިތުރުން ކާލް ފަދަ، ފިލްމުތަކުން އޭނާ ވަނީ ފެނިގެންގޮސްފަ އެވެ.
މިދިޔަ އަހަރުގެ ތެރޭގައި ވެސް ވިވޭކް ވަނީ އޭނާގެ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.
ވިވޭކް ރާއްޖެއަށް އައިރު މި ދުވަސްވަރަކީ ބޮލީވުޑުގެ ގިނަ ތަރިންތަކެއް ޗުއްޓީ ހޭދަކުރަން ރާއްޖެއަށް އަންނަ ދުވަސްވަރެކެވެ.