ads
ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު
ދަރުމަވަންތަ ހޮސްޕިޓަލު ނޭޅިނަމަ ކޮވިޑުގައި އެތައް ބަޔަކު މަރުވީސްކަން ކަށަވަރު: ޝުޖާއު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދަރުމަވަންތަ ހޮސްޕިޓަލު ނޭޅުއްވިނަމަ މިއަދު ކޮވިޑުގެ ބަލިމަޑުކަމުގައި ރާއްޖެއިން އެތައް ހާސް ބަޔަކު މަރުވީސްކަން ކަށަވަރު ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާޙިމް ޝުޖައި ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި އޮންނަވާތާ އަހަރެއް ވުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި އިހުތިޖާޖުގައި، މާފުށި ކައިރީ ކަނޑުމަތީގައި ސަޕޯޓަރުންނާއި މުހާތަބު ކުރައްވަމުންނެވެ.

ޝުޖާއު ވިދާޅުވީ ރައީސް ޔާމީންގެ ޒައާމަތުގައި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލު ނޭޅިނަމަ، ކޮވިޑުގައި ރާއްޖެއިން އެތައްހާސް ބަޔަކު މަރުވީސްކަން ކަށަވަރު ކަމަށެވެ. އަދި ތައުލީމީ ނިޒާމަށް ރައީސް ޔާމީންގެ ވެރިކަމުގައި އިންގިލާބީ ބަދަލެއް ގެނެސްދީފައި ވަނިކޮށް މިސަރުކާރުން ތައުލީމީ ނިޒާމު ފުނޑާލައިފި ކަމަށެވެ. 

ސުޖާއު ވިދާޅުވީ ރައީސް ޔާމީން މިގައުމުގައި ހިއްޕަވައިދެއްވި ގައުމިއްޔަތު މިއަދު ނެތް ކަމަށާއި، މިސަރުކާރުން ގައުމު ހިންގަނީ ރައްޔިތުންގެ ގޭބަންދުގައި ބައިތިއްބައިގެން ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަމުން ފައިބައިވަޑައިގެންނެވިއިރު ދައުލަތުގެ މާލިއްޔަތުގައި ހުރި 900 މިލިއަން ޑޮލަރު މިސަރުކާރުން ކައި ހުސްކޮށްފި ކަމަށާއި، އަދި ރައީސް ޔާމީންގެ މައްޗަށް ނުހައްގުން ކޮށްފައިވަނީ ހަރާމް ހުކުމެއް ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. 

ޝުޖާއު ވިދާޅުވީ، ދިވެހި ގައުމު މިއަދު ރައީސް ޔާމީންއަށް ބޭނުންވެއްޖެ ކަމަށާއި، އެތައް ޒުވާނުންތަކެއް މިއަދި މަގުމަތިވެއްޖެ ކަމަށެވެ. އެގޮތުން ރިޒޯޓްތަކުގައި މަސައްކަތްކުރި ޒުވާނުންވެސް މިއަދު ތިބީ ވަޒީފާގެއްލި ގޭގައިކަމަށް ޝުޖާއު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް