ads
ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިބްރާހިމް ހަސަން
އައިޓެކުން ހިންގާ ޕްރޮގްރާމްތަކަކީ ވަޒީފާގެ ބާޒާރަށް މުހިންމު ބައިވެރިއެއް
އައިޓެކުން ހިންގާ ޕްރޮގްރާމްތަކަކީ ވަޒީފާގެ ބާޒާރަށް މުހިންމު ބައިވެރިއެއް ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ

މިނިސްޓަރު އެހެންވިދާޅުވީ އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ޕްރޮގްރާމްގެ ފަރާތުން ކުރިއަށް ގެންދިޔަ "އޮންލައިން ޓީޗިން އެންޑް ކޮލާބޮރޭޓިވް ޓޫލްސް" ކޯސް ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

އޮންލައިންކޮށް ކުރިއަށް ގެންދެވުނު އެ ރަސްމިއްޔާތުގައި، މިނިސްޓަރު ވަނީ އިންޑިއާ ސަރުކާރަށާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއަށް އަދި ނެޝަނަލް އިންސްޓިޓިއުޓް އޮފް ޓެކްނިކަލް ޓީޗާސް ޓްރެއިނިން އެންޑް ރިސާޗް (ޗެންނާއި)އަށް އެފަދަ ކޯސްތައް ހިންގުމުގައި ވެދެއްވާ އެހީތެރިކަމަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ އައިޓެކްއިން ހިންގާ ޕްރޮގްރާމްތަކަކީ ރާއްޖޭގެ އިގްތިސޯދަށް އަދި ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ މީހުންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައިވެރިއެއްކަމަށެވެ.

އަދި ކޮވިޑް-19ގެ ބަލިމަޑުކަމާއިއެކު މަތީ ތައުލީމު ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަދި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމުގައި ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް އޮންލައިންކޮށް ކިޔަވައިދުނުމުގައި ޓީޗަރުންގެ ހުނަރު އިތުރުކުރުމަށް ވަރަށް ބޭނުންތެރި ކޯހެއްކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅަފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުގެ ވާހަކަފުޅުގައި ވަނީ މިނިސްޓަރު އިބްރާހިމް ހަސަން މަތީ ތައުލީމުގެ ދާއިރާ ކުރިއެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށާއި އަދި ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ދިވެހިންގެ ހުނަރު އިތުރު ކުރުމަށް އިންޑިއާ ސަރުކާރާއިއެކު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވާ، އެ މަސައްކަތުގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. 

އަދ ދުނިޔެއަށް ކޮވިޑް-19 އާއިއެކު އައި ބަދަލުތަކާއިއެކު އޮންލައިންކޮށް އަދި ވާޗުއަލްކޮށް ކިޔަވައިދިނުން ބަދަލުވެގެންދާނީ "ނިއު ނޯމަލް" އަށް ކަމަށާއި ޓީޗަރުން އެބަދަލަށް އަހުލުވެރިވެރި ކުރުވުމަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދުމުން އިންޑިއާ ސަރުކާރުގެ އައިޓެކް ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖޭގެ ޓީޗަރުން ތަމްރީންވެގެންދާ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

އެކޯހުގައި ދިވެހިރާއްޖެއިން 30 ބައިވެރިން 14 ކިޔަވައިދޭ މަރުކަޒުތަކުން ބައިވެރިވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް