ads
ރިޔާދް މާރޭޒް
މާރޭޒްގެ ހެޓްރިކާއެކު ސިޓީން ތަފާތު ބޮޑު މޮޅެއް
މެންޗެސްޓަރ ސިޓީގެ ރިޔާދް މާރޭޒްގެ ހެޓްރިކާއެކު ޕްރިމިއަރ ލީގުގައި ރޭ ތަފާތު ބޮޑުކޮށް ބާންލީ އަތުން މޮޅުވެއްޖެއެވެ.

މެންޗެސްޓަރ ސިޓީ މި މެޗު ކާމިޔާބުކުރީ ފަސް ލަނޑު ސުން ލަނޑުންނެވެ.  

ހޮނިހިރު ދުވަހުގެ މެޗުގައި ސިޓީން ފުރަތަމަ ގޯލް ޖެހީ، މެޗުގެ ހަވަނަ މިނިޓްގައި މާރޭޒްއެވެ. އޭގެ ފަނަރަ ވަރަކަށް މިނިޓް ފަހުން މާރޭޒްވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މާރޭޒްގެ ހެޓްރިކް އޭނާ ފުރިހަމަ ކުރީ ދެވަނަ ހާފުގެ ތެރޭގައެވެ.

ސިޓީގެ އަނެއް ދެ ލަނޑު ޖެހީ ބެންޖަމިން މެންޑީ އަދި ފެރާން ޓޮރޭސްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް