ads
ލިވަޕޫލްގެ ކޯޗް ކްލޮޕް
ލިވަޕޫލް ފަހު ވަގުތު ބްރައިޓަން އަތް ދަށުވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެމްޕިއަން ލިވަޕޫލް ރޭ ފަހު ވަގުތު ބްރައިޓަން އަތްދަށުވެއްޖެއެވެ. ލިވަޕޫލްއާ ބްރައިޓަންގެ މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން އެއްވަރު ވެގެންނެވެ.

ހޮނިހިރު ދުވަހު ރަށުން ބޭރުގައި ލިވަޕޫލް ކުޅުނު މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ދެވަނަ ހާފުގައި ޑިއޯގޯ ޔޮޓާ އެވެ. އޭނގެ ކުރިން ބްރައިޓަންއަށް ޕެނަލްޓީއެއް ލިބި ނާކާމިޔާބުވެފައިވެއެވެ. 

މެޗުގައި ލިވަޕޫލުން ދެ ގޯލު ޖެހި ނަމަވެސް ވީއޭއާރުން ނިންމީ ދެ ލަނޑުވެސް ގޯސް ކަމަށެވެ. ފުރަތަމަ ލަނޑު ސަލާހް އަދި ފަހުން މާނޭ ޖެހި ގޯލުވެސް ވީއޭއާރުން ނިންމީ އޮފް ސައިޑު ކަމަށެވެ.

މެޗު އެނބުރީ ފަހު ވަގުތު ވީއޭއާރުން ބްރައިޓަނަށް ޕެނަލްޓީއެއް ދިނުމުންނެވެ. ޕެނަލްޓީ ކާމިޔާބުކޮށް ލަވަޕޫލް އަތުން ބްރައިޓަންއަށް ޕޮއިންޓެއް ހޯދައިދިނީ ޕަސްކާލް ގްރޮސްއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް