ads
ގަވާއިދާ ޚިލާފަށް ރުށް ނެގި މީހަކު ދެ ލައްކައަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފި
ލ. މެންދޫއިން ގަވާއިދާއި ހިލާފަށް ރުށްގަސް ނެގި މައްސަލައެއްގައި ބޮޑު އަދަދަކުން މީހަކު ޖޫރިމަނާކޮށްފި އެވެ.
ލ. މެންދޫއިން ގަވާއިދާއި ހިލާފަށް ރުށްގަސް ނެގި މައްސަލައެއްގައި ބޮޑު އަދަދަކުން މީހަކު ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕިއޭ) އިން މިމައްސަލައިގައި ޖޫރިމަނާކޮށްފައިވަނީ ސ. މަރަދޫ، ހަސަން އާދިލް އެވެ.

އިއްޔެގެ ވަގުތެއްގައި ހަސަން އާދިލް ޖޫރިމަނާކޮށްފައިވަނީ 275000 ރުފިޔާ އިންނެވެ.


އީޕީއޭ އިން ޖޫރިމަނާ ފާއިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާނެ ކަމަށެވެ.

ލ. މެންދޫ އަކީ ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ފިޝަރީޒް މިނިސްޓްރީން އާދިލަށް ދޫކޮށްފައިވާ ރަށެކެވެ.

ހަސަން އާދިލް ޖޫރިމަނާކުރީ އީޕީއޭ އިން އޭނާއަށް ދީފައިވާ ހުއްދައެއްގެ ބޭރުން މެންދޫ އިރުއުތުރު ފަރާތުން ރުށްގަސް ނަގައި 4822 އަކަމީޓަރުގެ ސަރަހައްދެއް ސާފުކޮށް މަގެއް ހަދާފައިވާތީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް