ads
ގޯރަވް އާއި ރާޖްޝްރީ ކައިވެނިކޮށްފި
ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭގެ ތަރި ގޯރަވް މުކޭޝް ޖެއިން އާއި ސުހާނީ ސީ އޭކް ލަޅްކީގެ ތަރި ރާޖްޝްރީ ރާނީ ކައިވެނިކޮށްފި އެވެ.

މިމަހުގެ ވިހި ވަނަ ދުވަހު މި ދެތަރިން ކައިވެނިކުރީ ވަރަށް ޕްރައިވެޓްކޮށް ބޭއްވުނު ރަސްމިއްޔާތެއްގައި ކަމަށް ވެ އެވެ. 

އެ ދެތަރިން ދިމާވީ މީގެ އަހަރުތަކެއް ކުރިން ސްޓާ ޕްލަސް އިން ދެއްކި ޑްރާމާއެއް ކަމަށްވާ، ސުހާނީ ސީ އޭކް ލަޅްކީގެ ސެޓުންނެވެ. އެ ޝޯގައި ދެތަރިން ކުޅެފައި ވަނީ ކަޒިންސްގެ ރޯލެކެވެ. 

އެ ދެތަރިން ވެސް ވަނީ ކައިވެނީގެ ގިނަ ފޮޓޯތަކެއް ސޯޝަލް މީޑިއާއަށް ހިއްސާކޮށްފަ އެވެ. ޑެސްޓިނޭޝަން ވެޑިންއަކަށް އެ ދެތަރިން ޕްލޭން ކުރިޔަސް ކޮވިޑާއި ގުޅިގެން ބޭނުންވި ގޮތަކަށް އެކަން ކުރެވިފައެއް ނުވެ އެވެ. އަދި ކޮވިޑް-19 ފެތުރެމުންދާތީ ދެ ތަރިން ވަނީ އެމީހުންގެ ހަނީމޫން ވެސް ކެންސަލްކޮށްފަ އެވެ. 

your imageއެމީހުންގެ ކައިވެނީގެ ހަފުލާގެ ތެރެއިން--

މިއީ ރާޖްޝްރީގެ ދެވަނަ ކައިވެންޏެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް