ads
ތެލެސީމިއާ ކުދިންގެ ޝަކުވާތައް، މިނިސްޓަރު އަހައިފި
ތެލެސީމިއާ ކުދިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ދެއްވައިފި އެވެ.

ކޮވިޑް-19 އާއެކު ތެލެސީމިއާ ކުދިންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ އެ ޝަކުވާތައް ކުރަމުން އަންނަތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ. އަދި ކަމާއި ބެހޭ ބައެއް ފަރާތްތަކާއި ބައްދަލުކޮށް އެ ޝަކުވާތައް ވެސް ހިއްސާކުރި އެވެ. 

އެހެންނަމަވެސް މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވަނިކޮށް ހެލްތު މިނިސްޓަރު މިވަނީ ބައެެއް ތެލެސީމިއާކުދިންނާއި ބެލެނިވެރިންނާ ބައްދަލުކުރައްވާފަ އެވެ. 

އެ މިނިސްޓްރީން ބުނީ އެކުދިންގެ ހުށަހެޅުމަށް ރިއާޔަތްކޮށް ހިދުމަތް އިސްލާހުކުރުމުގައި ތެލެސީމިއާ ސެންޓަރަކީ އެކުދިންނާ ގާތް އަމިއްލަވަންތަކަމުގެ އިހްސާސް ލިބިދޭ ތަނަކަށް ބަދަލުކުރުމުގެ އަމާޒުހިފާނެކަމުގެ ޔަގީންކަން މިނިސްޓަރު ނަސީމު ދެއްވާފައިވާ ކަމަށެވެ. 

ތެލެސީމިއާ ކުދިންގެ މައިގަނޑު ޝަކުވާއަކީ ވަކި ގަޑިއެއްގައި އެތަނުން ހިދުމަތް ދެމުންދިއުމެވެ. ކޮވިޑް-19 އާއެކު ތެލެސީމިއާ ސެންޓަރުން ހިދުމަތްދޭ ގަޑި ތަކަށް ބަދަލުތަކެއް ގެނެސް ތެލެސީމިއާ ސެންޓަރުގެ މަސައްކަތްތައް ކުރިއަށްދާގޮތަށް ބަދަލުތަކެއް ގެނެސްފައިވާކަމުގެ ޝަކުވާ އެކުދިންކޮށްފައިވެ އެވެ. އަދި ސަރުކާރު ބަންދު ދުވަސްތަކަކީ އެތަން ވެސް ބަންދު ދުވަސްތަކެއްކަމުން، ސިއްހީ ހިދުމަތެއް އެގޮތަށް ދެމުންދިއުމަކީ ކަންބޮޑުވުން އިތުރުވެފައިވާ ކަމެކެވެ. 

މިދިޔަ ޖުލައި މަހުގެ ތެރޭގައި ނައިބް ރައީސް ފައިސަލް ނަސީމް ވެސް ވަނީ ތެލެސީމިއާ ސެންޓަރަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި، ކަންބޮޑުވުންތައް އަޑު އައްސަވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ތެލެސީމިއާ ސެންޓަރުގެ މެނޭޖްމަންޓުން ވަނީ އެ ސެންޓަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި ވަސީލަތްތަކުގެ ދަތިކަމާއި ތަނުގެ މަސައްކަތްތައް ކުރިއަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް ހިއްސާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް