ads
ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ފުރަތަމަ ޖުމްހޫރިއްޔާއިން ފެށިގެން ކޮށްފައިވާ އަނިޔާތައް ބަލަނީ
ނަވާރަސަތޭކަ ފަންސާސް ތިން ވަނަ އަހަރުން ފެށިގެން 17 ނޮވެންބަރު 2018 އަށް ރާއްޖޭގައި އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާއި ހިލާފަށް ކޮށްފައިވާ އަމަލުތައް ބެލޭނެ ގޮތަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އިންތިގާލީ އިންސާފުގެ ބިލު ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފި އެވެ.

އިންތިގާލީ އިންސާފުގެ ބިލު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ.

ބިލު އޭރު ހުށަހަޅާފައިވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާއި ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަށް އެކުލަވާލި ބިލެކެވެ.

އެހެން ނަމަވެސް ކޮމިޓީން ބިލު ދިރާސާކުރުމަށް ފަހު ފާސްކޮށްފައިވަނީ 1953 ވަނަ އަހަރުން ފެށިގެން 17 ނޮވެންބަރު 2018 އަށް ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާއި ހިލާފަށް ހިންގާފައިވާ އަމަލުތައް ބެލޭނެ ގޮތަށެވެ. އެގޮތުން އެމުއްދަތުގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސްވެރިޔަކު ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާއި ހިލާފަށް ހިންގާފައިވާ އަމަލުތައް ބެލޭގޮތަށް ބިލު އިސްލާހުކޮށްފައިވެ އެވެ. 

މިބިލުގެ ދަށުން އެގޮތަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް އޮމްބަޑްސްމަންގެ އޮފީހެއް އެކުލަވާލާ، ތަހުޤީގު ނިންމާ ދައުވާ ކުރުމަށް ފޮނުވާ މައްސަލަތަކުގައި 15 ދުވަހުގެ ތެރޭގައި ދައުވާކުރުމާމެދު ޕީޖީން ގޮތެއް ނިންމަންޖެހެ އެވެ. އަދި 45 ދުވަހުގެ ތެރޭގައި އެފަދަ މައްސަލަތައް ކޯޓުން ނިންމާ ހުކުމް ކުރަންޖެހޭ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް