ads
އދ. އާއްމު މަޖިލީހުގައި ރައީސް ސޯލިހު--
ރާއްޖެ އޮތީ ފަލަސްތީނުގެ ރައްޔިތުންނާއި އެކު: ރައީސް
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ބައިނަލްއަގްވާމީ މުޖިތަމައުއަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ، އިންޓަނޭޝަނަލް ޑޭ އޮފް ސޮލިޑަރިޓީ އާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ. 

ރައީސް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަށް ކަށަވަރުކުރުމަށް ދިވެހިރާއްޖެއިން އޮތީ އެގައުމާއި އެކުގައި ކަމަށާއި، ފަލަސްތީނުގެ މިނިވަންކަމާއި އިސްތިގުލާލު ކަށަވަރު ކޮށްދިނުމަށް މުޅި ބައިނައަލްވާމީ މުޖުތަމައުއަށް ގޮވާލައްވާކަމަށެވެ. 

ރައީސް ސޯލިހްވަނީ މީގެކުރިންވެސް ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ބައިނަލްއަގްވާމީ މުޖުތަމައުގައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އދގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖަހާފައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް މިހާރު އަރައިގަންނަމުން ދަނީ މީގެ ކުރިން އެކަން ކުރަމުން ގެންދިޔަ މިންވަރަށްވުރެ މާ ގޯސްކޮށް ކަމަށް ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް