ads
ޕީޕީއެމްގެ ޖަލްސާއެއްގައި ޒެއިން...
ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވަނީ ދެއުޅިއެއްނުވާ ހުކުމެއް: ޒެއިން
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވަނީ ތަހުގީގީ މަރުހަލާ އާއި ޝަރުއީ މަރުހަލާގައި ވެސް ފުށުއަރާފައިވާ "ދެއުޅިއެއްނުވާ" ހުކުމެއްކަމަށް އެމަނިކުފާނުގެ ދަރިކަލުން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވާތާ އަހަރެއް ފުރުމާ ގުޅިގެން ބޭއްވި ޖަލްސާގައި ޒެއިން ވިދާޅުވީ، ރައީސް ޔާމީނަށް ކޮށްފައި ވަނީ އަނިޔާވެރި ހުކުމެއް ކަމަށާއި، އެއީ ނުހައްގު ހުކުމެއް ކަމަށެވެ. އަދި މިހާރު އިތުރަށް ކޮށްފައިވާ ހުކުމްތަކަށް ވެސް ހެކި އުފައްދަމުންދާ ކަމަށް ޒެއިން ވިދާޅުވިއެވެ. 

ޒެއިން ވިދާޅުވީ، ގާނޫނީ ކުށް ކޮށްފައި ރައީސް ޔާމީންގެ މައްޗަށް މިސަރުކާރުން ގެންދަނީ ސިޔާސީ ބަދަލު ހިފަމުން ކަމަށާއި، އަދި ބަދަލު ހިފުމުގެ ރޫހު އާލާކުރަމުންދާނަމަ ޖަވާބުދާރީވާން ޖެހޭނެކަމަށެވެ. 

ޒެއިން ވިދާޅުވީ ހާލަތު ބަދަލުކުރެވޭނީ މަސައްކަތް ކޮށްގެން ކަމަށާއި، އެންމެ ވަރުގަދަ ހަތިޔާރަކީ އަޑުއުފުލުން ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ އަޑު މާ ގަދަވާނެ ކަމަށާއި، ސަރުކާރު ޒިންމާދާރު ކުރުވާނެކަމަށް ޒެއިން ވިދާޅުވިއެވެ.

އޭގެ އިތުރުން ޒެއިން ވަނީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައީސް ޔާމީންއަށް ޖެއްސުންކުރައްވާ ކަމަށް ތުހުމަތު ކުރައްވައި މިނިސްޓަރު އިމްރާން އަށް ވަރަށް ބޮޑަށް ފާޑުވިދަޅުވެފަ އެވެ. އެގޮތުން ރައީސް ޔާމީން ގެ މައްޗަށް ކުށެއް ސާބިތުވެ ޖަލު ހުކުމުގައި ހުންނެވި އިރުވެސް މިނިސްޓަރު އިމްރާން އާއި ދޭތެރޭގައި ރައީސް ޔާމީން ބެހެއްޓެވިީ އިހުސާންތެރިކަން ކަމަށް ޒެއިން ވިދާޅުވި އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް