ads
މީރާ--
ބަންޑާރަ ބިމުން ނަގާ ކުލި ދެން ބަލައިގަންނާނީ ކައުންސިލުން
ބޮޑެތި މަސައްކަތްތައް ކުރަން ދޫކޮށްފައިވާ ބަންޑާރަ ބިމުން ނަގާ ބިމު ކުލި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބަލައިގަތުން ހުއްޓައިލަން ނިންމައިފި އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މިއަދު ގެނެވުނު އިސްލާހުގެ ދަށުން މިއަދުން ފެށިގެން ބޮޑެތި މަސައްކަތްތައް ކުރަން ދޫކޮށްފައިވާ ބަންޑާރަ ބިމުން ނަގާ ބިމު ކުއްޔަކީ އެ ބިން ދޫކޮށްފައިވާ ކައުންސިލަކަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

އެހެންކަމުން އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މީރާ އިން ބަންޑާރަ ބިމު ކުލީގެ ފައިސާ ބަލައިނުގަންނާނެ ކަމަށާއި، އެ ފައިސާ ބަލައިގަންނާނީ އެ ބިމެއް ކުއްޔަށް ދޫކޮށްފައިވާ ކައުންސިލަކުން ކަމަށް މީރާ އިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް