ads
ސަލްމާން ހާން
ސަަލްމާންގެ މެނޭޖަރުވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
މަޝްހޫރު އެކްޓަރު ސަލްމާން ހާންގެ މެނޭޖަރު ޖޯޑީ ޕަޓޭލްވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މެނޭޖަރު ޕޮޒިޓިވްވެފައިވާއިރު ހަބަރުތައް ބުނާގޮތުން މިމަހުގެ 19 ވަނަ ދުވަހު ސަލްމާންގެ ޑްރައިވަރާއި ދެ ސްޓާފުން ޕޮޒިޓިވްވެ ސަލްމާން ހުރީ އަމިއްލައަށް ކަރަންޓީން ވެގެންނެވެ. 

އަދި އެމީހުން ޕޮޒިޓީވްވުމާއި ގުޅިގެން އާއިލާގެ މެންބަރުންވެސް އައިސޮލޭޝަންގައި ތިބުމަށްފަހު ކޮވިޑް-19 އަށް ހެދި ޓެސްޓުތައް ވަނީ ނެގެޓިވް ވެފައެވެ. އެޔަށްފަހު އަނެއްކާވެސް ސަލްމާންގެ މެނޭޖަރު މިވަނީ ޕޮޒިޓިވްވެފައެވެ. 

ރިޕޯޓްތައް ބުނާގޮތުން ޖޯޑީ މިފަހަކުން ވަނީ ބިގްބޮސްގެ ސެޓްގައިވެސް ސަލްމާން އާއިއެކު ވަރަށް ގިނަވަގުތު ހޭދަކޮށްފަ އެވެ. އަދި ސެޓް ތެރެއިން ބަޔަކުވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމުގެ އަޑުތަކެއްވެސް އަރާފައިވެ އެވެ. އަދި އެމީހުން މިހާރު ތިބީ އަމިއްލައަށް ކަރަންޓީންވެގެން ކަމަށް ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް