އޯއައިސީގެ ހާރިޖީ ވަޒީރުންގެ 47 ވަނަ ބައްދަލުވުމަށްފަހު، މިނިސްޓަރު ޝާހިދު ވަނީ ސައޫދީގެ ފޮރިން މިނިސްޓަރު ފައިސަލްއާ މިއަދު އެ ގައުމުގެ ވެރިރަށް ރިޔާޟްގައި ބައްދަލުކުރައްވާފަ އެވެ.
އެގޮތުން ދެބޭފުޅުން ބައްދަލުކުރައްވައި ރާއްޖެ އާއި ސައޫދީ އާއި ދެމެދު އޮންނަ އަހުވަންތަ ގުޅުން އިތުރަށް ބަދަހިކުރެވެން އޮތް ދާއިރާތަކާއި، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާއި ބެހޭގޮތުން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
ރާއްޖެ އާއި ސައޫދީ އަރަބިއްޔާއާ ދެމެދު ޑިޕްލޮމަޓިކް ގުޅުން ގާއިމްކުރެވުނީ 1981 ވަނަ އަހަރުގަ އެވެ.