ads
އެމްޕީއެލް ސަރަހައްދުގައި ކޮންޓެއިނަރުތަކެއް:
ޝިޕިން އެޖެންޓުން ލައިސެންސް ނަގަން އަންގައިފި
ޝިފިން އެޖެންސީގެ ހިދުމަތްދޭ ފަރާތްތަކުން ޑިސެމްބަރުު ތިނެއްގެ ކުރިން ލައިސެންސް ނެގުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން އަންގައިފި އެވެ.

ޝިޕިން އޭޖެންސީއާބެހޭ ގަވާއިދު ގެޒެޓްކޮށް ނޮވެމްބަރު 26 ވަނަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ. ގަވާއިދަށް އަމަލު ކުރަން ފެށުމާއި ގުޅިގެން އެގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްވެސް ހަރަކާތެއް އެއްވެސް ފަރާތަކުން ހިންގަންވާނީ އެ ގަވާއިދުގެ ހަ ވަނަ މާއްދާގެ ދަށުން ޓްރާންސްޕޯޓް އޮތޯރިޓީއިން ހޯދަންޖެހޭ ލައިސަންސް ހޯދުމަށް ފަހުގައި ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. 

އެހެންކަމުން ޑިސެމްބަރު ތިނެއްވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެ އޮތޯރިޓީގެ އޮންލައިން ހިދުމަތް އީޕޯޓްލް ގައި ބަޔާންކޮށްފައިވާ ޝިޕިން އެޖެންސީ ރެޖިސްޓްރޭޝަން، ލައިސެންސް ހިދުމަތަށް އޮންލައިންކޮށް ހުށަހަޅައިގެން ލައިސަންސް ހޯދުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ

"ޝިޕިން އެޖެންސީއާ ބެހޭ ގަވާއިދު" ގައިވާ ގޮތުން ވިޔަފާރިކުރަން ލައިސެންސް ދޫކުރަން ހަމަޖެހިފައި ވަނީ 100 ޕަސެންޓް ދިވެހި ހިއްސާދާރުން ހިމެނޭ ކުންފުނިތަކާއި ޕާޓްނާޝިޕްތަކަށް އެކަންޏެވެ.

އެ ގަވާއިދަށް އަމަލުކުރަން ފަށާއި ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ލައިސަންސް ހޯދަން ޖެހޭއިރު އެ ލައިސަންސް ހޯދުމަށްޓަކައި "ޝިޕިން އެޖެންސީ ރަޖިސްޓްރީކުރުމަށް އެދޭ ފޯމު" ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅަން ޖެހެ އެވެ.

އާ ގަވާއިދު އެޖެންޓުން ބޭނުންގޮތަކަށް ފީނަގަމުން އައި މައްސަލަ ހައްލުކުރުމުގެ ގޮތުން ފީ އަށް ވަކި މިންވަރެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ގަވާއިދުގައިވާ ގޮތުން އެ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، އިންކޯޓާމްސްގެ ދަށުން ޝިޕިން އެޖެންޓާއި މުދާ ގެންނަ ކޮންސައިނީ އާއި އެއްބަސްވެފައިވާ ހިދުމަތުގެ އަގުގެ އިތުރުން އެހެން އެއްވެސް ފީނެއް ނުވަތަ ޗާޖެއް ވެސް ނަގައިގެން ނުވާނެ އެވެ. 

އެގޮތުން ޑީއޯ ޗާޖު ފުލް ކޮންޓެއިނަރަކަށް ނުވަތަ އެއަށް ވުރެ ގިނަ ސީބީއެމް ހިމެނޭނަމަ ނެގޭނީ 771 ރުފިޔާ އެވެ. އަދި ފުލް ކޮންޓައިނަރަށް ވުރެ މަދުންނަމަ 385.50 ރުފިޔާ ނެގޭއިރު އެމެންޑްމަންޓް ޗާޖުގެ ގޮތުގައި ނެގޭނީ 385.50 ރުފިޔާ އެވެ.

އެ ގަވާއިދާ ހިލާފުވެއްޖެނަމަ ޖޫރިމަނާކޮށް ހިދުމަތުގެ ލައިންސަންސް ބާތިލުކުރާނެ ކަމަށް ގަވާއިދުގައިވެ އެވެ. އެގޮތުން ފުރަތަމަ ފަހަރަށް ގަވާއިދާ ހިލާފުވެއްޖެނަމަ 1000 އަދި ދެވަނަ ފަހަރަށް ވެސް ހިލާފުވެއްޖެނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް ބަޔާންކުރާއިރު ތިން ވަނަ ފަހަރަށް އެ ގަވާއިދާ ހިލާފުވެއްޖެނަމަ ހިލާފުވާ ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް ބުނެފައިވެ އެވެ. 

.އެ ގަވާއިދުގެ ނުވަވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ނޮވެމްބަރު 26 ވަނަ ދުވަހުން ފެށިގެން ވަނީ އަގު ކޮންޓްރޯލް ކުރެވިފައެވެ. އެގޮތުން ގަވާއިދުގައި ބަޔާންކޮށްފައިވަނީ އިންކޯޓާމްސްގެ ދަށުން ޝިޕިން އެޖެންޓާއި ކޮންސައިނީއާއި އެއްބަސްވެފައިވާ ޚިދުމަތުގެ އަގުގެ އިތުރަށް ސީދާ ގޮތުންނާއި ނުސީދާގޮތުން އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން އެއްވެސް ފީއެއް ނުވަތަ ޗާޖެއް ނުނެގޭނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް