ads
މެމްބަރު އިމްތިޔާޒް ފަހުމީ--
ލައިސަންސް ނެތަސް ބާރަށް ދުއްވާ މީހުން ނުހުއްޓުވާކަން ފާހަގަކުރެވޭ: އިމްތިޔާޒް
ލައިސަންސް ނެތަސް ގަވާއިދާ ހިލާފަށް ބާރަށް ދުއްވާ މީހުން ނުހުއްޓުވާކަން ފާހަގަކުރެވޭ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒްް ފަހުމީ ވިދާޅުވެއްޖެ އެވެ.

މެމްބަރު އިމްތިޔާޒްް އެހެން ވިދާޅުވީ ބާރަށް ދުއްވި ސައިކަލެއް އެކްސިޑެންޓުވެ ފަހަތުގައި އިން އަންހެނަކު ރޭ މަރުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. 

އިމްތިޔާޒް ވިދާޅުވީ ލައިސަންސް އޮތަސް ނެތަސް ގަވާއިދާ ހިލާފަށް ބާރަށް ދުއްވާ މީހުން ހުއްޓުވުމުގެ ބަދަލުގައި، ހަވީރު ފިންޏަށް ދެމަފިރިއަކު އާދައިގެ ގޮތަށް ދުއްވާފައިދާއިރު ޗެކްކުރާލެއް ގިނަކަން ފާހަގަކުރެވޭ ކަމަށެވެ. 

އަދި އެފަދައިން ގަވާއިދާ ހިލާފަށް ދުއްވުން ހުއްޓުވަންޖެހޭ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އިމްތިޔާޒް އިތުރަށް ވިދާޅުވީ އެފަދަ ގޮތަކަށް ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވައިގެން، އެންމެން ރައްކާތެރިކުރަންޖެހޭ ކަަމަށެވެ. 

" ލައިސަންސް އޮތަސް ނެތަސް ގަވާއިދާ ހިލާފަށް ބާރަށް ދުއްވާ މީހުން ހުއްޓުވުމުގެ ބަދަލުގައި، ހަވީރު ފިންޏަށް ދެމަފިރިއަކު އާދައިގެ ގޮތަށް ދުއްވާފައިދާދިއުމުގައި ހުއްޓުވައި، ޗެކްކުރާލެ ގިނަކަން ފާހަގަކުރެވޭ. ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވައިގެން، އެންމެން ރައްކާތެރިކުރަންޖެހޭ! " އިމްތިޔާޒްގެ ޓްވީޓްގައިވެއެވެ.

 އިއްޔެ ރޭ ބާރު ސްޕީޑެއްގައި މާލޭގެ އަމީނީ މަގުން ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލުން ބޮޑުތަކުރުފާނު މަގަށް ނިކުތް ސައިކަލެއް ކޮންޓްރޯލުން ނެއްޓި ދުވާ ޓްރެކްގައި ޖެހި ހިގި އެކްސިޑެންޓްގައި 24 އަހަރުގެ ޒުވާނަކު ވަނީ މަރުވެފައެވެ. 

އޭނާ މަރުވެފައިވަނީ ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް