ads
އެޑިސަން ކަވާނީ
ބެންޗުން އަރައި ކަވާނީ މެޗު އަނބުރާލައިފި
ބެންޗުން އަރައި، މެންޗެސްޓަރ ޔުނައިޓެޑުގެ އެޑިސަން ކަވާނީ ސައުތެމްޕްޓަމާ ދެކޮޅަށް ކުޅުނު މެޗު އަނބުރާލައި މެޗުން ޔުނައިޓެޑު މޮޅުކޮށްދީފިއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކަވާނީ ނުކުތް އިރު ޔުނައިޓެޑު އޮތީ ދެ ލަނޑު ސުން ލަނޑުން ފަހަތުގައެވެ.

ރޭ ޕްރިމިއަރ ލީގުގައި ކުޅުނު މެޗުގައި ސައުތެމްޓަމުންވަނީ ފުރަތަމަ ހާފުގެ ތެރޭގައި ޔުނައިޓެޑު ކޮޅަށް ދެ ގޯލް ޖަހާ، ޔުނައިޓެޑު ހާސްކޮށްލާފައެވެ. އެހެންނަމަވެސް ސައުތެމްޓަމަށް މެޗުގެ ކޮންޓްރޯލް ހިފެހެއްޓުނީ ދެވަނަ ހާފުގައި ކަވާނީ ކުޅެން އަރަން ދެނެވެ. 

ކަވާނީ ކުޅެން އަރައި ފުރަތަމަ އެސިސްޓަކުން ބްރޫނޯ ފެނާންޑޭސް ގޯލެއް ޖަހައި ޔުނައިޓެޑަށް އުއްމީދުއާކޮށްދިނެވެ. އޭނގެ އިރުކޮޅެއް ފަހުން ކަވާނީވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި އިތުރު ވަގުތުގެ ތެރޭގައި ބޮލުން ފޮނުވާލި ހިތް ގައިމު ގޯލާއެކު ކަވާނީވަނީ މެންޗެސްޓަރ ޔުނައިޓެޑު ކޮޅަށް މެޗު އަނބުރާލާ ތިން ޕޮއިންޓް ޔަގީންކޮށްދީފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް