ads
ބިލަބޮންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
ބިލަބޮން ސްކޫލްގައި އާބަން ގާޑެނިން ޕްރޮގްރާމް ފަށައިފި
އައިލެންޑާސް އެޑިއުކޭޝަނުން، ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލްގައި "އާބަން ގާޑެނިން" ޕްރޮގްރާމް މިއަދު ފަށައިފި އެވެ.

"އާބަން ގާޑެނިން" ޕްރޮގްރާމަކީ ކާނާގެ ޔަގީންކަން ކަށަވަރުކުރަން އެގްރިކަލްޗާ މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. 

އެ ޕްރޮގްރާމުގައި އައިލެންޑާސް އެޑިއުކޭޝަނުން އެގްރިކަލްޗާ މިނިސްޓްރީއާއި ބައިވެރިވެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. 

ބިލަބޮންގް ސްކޫލްގައި "އާބަން ގާޑެނިން" ޕްރޮގްރާމް މިއަދު ފަށާފައިވާއިރު "އާބަން ގާޑެނިން" އަށް އައިލެންޑާސް އިން ތައްޔާރު ކުރި މޮޑެލް ވަނީ އިފްތިތާހު ކޮށްފައެވެ. އެ މޮޑެލް އިފްތިތާހު ކޮށްދެއްވާފައިވަނީ ފިޝަރިސް މިނިސްޓަރު ޒަހާ ވަހީދެވެ. އެ ޕްރޮޖެކްޓު ބިލަބޮން ސްކޫލުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެ ސްކޫލްގެ 1,094 ސަކޮއާ ފޫޓުގެ ޓެރެސްގައެވެ. 

your imageބިލަބޮންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

ދަނޑުވެރިކަމުގެ މަސައްކަތަށް ސްކޫލް ދަރިވަރުންނާއި އާއްމުން އަހުލުވެރި ކުރުވާ ކާނާގެ ޔަގީންކަން ކަށަވަރުކުރަން އަމިއްލަޔަށް ގޭގައި ވެސް ފަސޭހަކަމާއިއެކު ކުދި ޖާގަތަކުގައި ދަނޑުވެރިކަން ކުރެވޭގޮތަށް މަގުފަހިކޮށްދިނުމަކީ އެ ޕްރޮގްރާމުގެ މައިގަނު އެއް ބޭނުންކަމަށް އައިލެންޑާސްއިން ބުނެއެވެ. 

އެގޮތުން މާލޭ ސަރަހައްދުގެ ގޭގެ ބެލްކަނީގައި އާއި ޓެރެސްފަދަ ތަންތާ ފަސޭހަކަމާއިއެކު ގަސްފަދަތަކެތި ހެއްދުމަށް އައިލެންޑާސްއިން ތައްޔާރުކުރި މޮޑެލް އެހީތެރިވެދޭނެ ކަމަށް އެ ފަރާތުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް