ads
ދިވެހިރާއްޖޭގެ ހައިކޯޓު---
ޝަރީއަތްތައް ރިސެސްގެ މުއްދަތުގައި ކުރިއަށް ގެންދަން ހައިކޯޓުން ނިންމައިފި
މި އަހަރުގެ ރިސެސްގެ މުއްދަތުގައި ޝަރީއަތްތައް ކުރިއަށް ގެންދިޔުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުން ނިންމަވައިފިއެވެ.

ކޯޓްތަކުގެ ޤާނޫނު ބަޔާންކުރާގޮތުން ޑިސެމްބަރު މަސް ފެށުމުން ހައި ކޯޓް ރިސެސްއަށް ދާންޖެހެއެވެ. ނަމަވެސް މި އަހަރު އެކޯޓުން ނިންމާފައިވަނީ ރިސެސްގެ މުއްދަތުގައިވެސް ޝަރީއަތްތައް ކުރިއަށް ގެންދިއުމަށެވެ. 

އެގޮތަށް ނިންމާފައިވަނީ ހުރި މައްސަލަތައް މަދު ކުރުމަށް ކަމަށް ހައިކޯޓުން ބުނެއެވެ. އަދި ކުއްލި މައްސަލަތަކާއި ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ މައްސަލަތަކުގެ އިތުރުން ކޮންމެހެން ހިންގަން ޖެހޭ އަވަސް ތަބީއަތުގެ މައްސަލަތައް ރިސެސްގެ މުއްދަތުގައި ކުރިއަށް ގެންދާނެ ކަމަށް ވެސް ހައިކޯޓުން މައުލޫމާތުދެ އެވެ.

ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަސް ފެށުމާ އެކު ސުޕްރީމް ކޯޓާއި ހައި ކޯޓު އެއް މަސްދުވަހުގެ ރިސެސްއަށް ދާއިރު ދަށު ކޯޓުތައްވެސް ރިސެސްއަށް ދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް