ads
ފިނޭންސް މިނިސްޓްރީ---
އޮޑިޓަރުންނަށް ހާއްސަކޮށް ފިނޭންސުން ޕްރޮގްރާމެއް ކުރިއަށް ގެންދަނީ
އޮޑިޓިން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ފިނޭންސް މިނިސްޓްރީ އިން ޓްރޭނިން ޕްރޮގްރާމެއް ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީން ދައުލަތުގެ މުއައްސަސާތަކުގެ އޮޑިޓިން ދާއިރާގެ ފަރާތްތަކަށް ހުޅުވާލައިގެން "އިންޓާނަލް އޮޑިޓާސް ޓްރޭނިން" ގެ ނަމުގައި ޕްރޮގްރާމެއް ފަށާފައިވާ އިރު، މިއަދު އެ ޕްރޮގްރާމްގެ ފުރަތަމަ ބެޗު ވަނީ ނިންމާލައިފަ އެވެ.

އެ ޕްރޮގްރާމްގެ މަގްސަދަކީ އެތެރޭގެ އޮޑިޓެއް ރާވައި ހިންގާނެ ގޮތާއި، ހިރާސްތައް ދަނެގަންނާނެ ގޮތާއި، އޮޑިޓްގެ މަސައްކަތުގައި ވިސްނުން ބަހައްޓަންޖެހޭނެ ގޮތާއި، އޮޑިޓް ރިޕޯޓް ލިޔުމުގައި ސަމާލުވާންޖެހޭ ކަންތައްތައް ބަޔާންކޮށް މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުވުން ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެއެވެ.

އެ ޕްރޮގްރާމްގައި އޮޑިޓް ރިޕޯޓް ލިޔާނެ ގޮތް ދަސްކޮށްދިނުމާއި، ރިސްކް އެސެސްމެންޓް ހަދާނެ ގޮތް ކިޔައިދިނުމާއި، ކްރިޓިކަލް ތިންކިންގެ އިތުރުން ބައިނަލްއަގުވާމީ ޕަބްލިކް ޕްރެކްޓިސް ފްރޭމްވޯކް އާއި ބެހޭ މައުލޫމާތުވެސް ޕްރޮގްރާމްގެ ބައިވެރިންނަށް ދެވޭނެ އެވެ.

ފަނަރަ ގަޑިއިރަށް ކުރިއަށް ގެންދާ އެ ޓްރޭނިންގައި ޖުމްލަ ހަތް ބެޗެއް ކުރިއަށް ގެންދާއިރު، ފުރަތަމަ ބެޗު ނިމި، ދެވަނަ ބެޗުގެ ޓްރޭނިން ކުރިއަށްދާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް