ads
ސޮބާ ސްޓޫޑިއޯގައި ގުރުއާން ރިކޯޑް ކުރަނީ-- ފޮޓޯ: ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް
ލޯފަން ދިވެއްސެއްގެ އަޑުން މުޅި ގުރުއާން ރިކޯޑު ކުރަނީ
ލޯފަން ދިވެއްސެއްގެ އަޑު މުޅި ގުރުއާން ރެކޯޑުކޮށް ނެރުމުގެ މަސައްކަތް ލޯފަން ކުދިންގެ ޖަމިއްޔާ "ބްލައިންޑް އެންޑް ވިޝުއަލީ އިމްޕައާޑް ސޮސައިޓޯ އޮފް މޯލްޑިވްސް" އިން ފަށައިފި އެވެ.

އެ ޖަމިއްޔާއިން އެކަން ކުރަނީ ސޮބާ ސްޓޫޑިއޯއާ ގުޅިގެންނެވެ. ފިލްމީ ތަރި އަދި ލަވަކިޔުންތެރިޔާ ސޮބާހުގެ މި ސްޓޫޑިއޯ އާއެކު މިހާރު ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. 

އެ ޖަމިއްޔާއިން ބުނި ގޮތުގައި އެ ސްޓޫޑިއޯގެ ގުރުއާން ރިކޯޑް ކުރާނީ އަލްގާރީ އަބްދުއްރަޝީދު މުހައްމަދު އެވެ. އޭނާ ވަނީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ ގުރުއާން މުބާރާތް "އެންމެ އަލިގަދަ ތަރި" ކާމިޔާބުކޮށްފަ އެވެ. 

ލޯފަން ކުދިންގެ ޖަމިއްޔާއިން އިސްނަގައިގެން މިފަދަ މަސައްކަތެއް ކުރަމުން ދާއިރު، އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި އާއްމުންނާ ހަމައަށް ގެނެސްދިނުމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް