ads
ފޮޓޯ: ފޮރިން މިނިސްޓްރީ
"އިގްތިސޯދީ އަނދަވަޅުން އަރައިގަންނަން ޗައިނާއާއެކު މަސައްކަތް ކުރާނަން"
ކޮވިޑް-19 އާއެކު އަޑިއަޅާލި، ރާއްޖޭގެ އިގްތިސޯދު އަލުން ކޮޅަށް ޖެހުމަށް މަސައްކަތްކުރާނީ ޗައިނާއާއެކު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު މިއަދު ވަނީ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްއާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއާ ބައްދަލުކުރައްވާފަ އެވެ. 

އެ ބައްދަލުކުރެއްވުމަށް ފަހު މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެ ބައްދަލުކުރެއްވުމުގައި ވަނީ ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށާއި ތަރައްގީގެ ކަންކަމާއި ގުޅިގެން މަޝްވަރާކުރައްވާފައި ކަމަށެވެ. 

އެގޮތުން ޗައިނާއަކީ ރާއްޖެއަށް މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، މިވަގުތު ކުރިމަތިވެފައިވާ އިގްތިސޯދީ ދަތިތަކުން އަރައިގަންނާނީ ވެސް އެގައުމާއެކު މަސައްކަތްކޮށްގެން ކަމަށެވެ.

ޗައިނާއާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖަހަން މަޝްވަރާކުރެވުނުއިރު ޗައިނާ އިން ވަނީ ސަރުކާރުން ނަގާފައިވާ ލޯނުތައް ދެއްކުން ވެސް ފަސްކޮށްދީފަ އެވެ. އެގޮތުން ޖީ20 ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން ޗައިނާގެ ސަރުކާރުން ދޫކުރި ލޯނުތައް ފަސްކޮށްދީފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

ޗައިނާ މެެދުވެރިކޮށް ރާއްޖެއިން އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަަކަށް ލޯނު ނަގާފައިވެ އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް