ads
ފެމިލީ ކޯޓް--
މާދަމާއިން ފެށިގެން ކޯޓާއި ކޯޓުން ބޭރުގައި ކައިވެނިކޮށްދެނީ
މާދަމާއިން ފެށިގެން ކޯޓާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭ ގޮތަށް ހަމަޖައްސާފައިވާކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ފެމިލީ ކޯޓުން ކައިވެނި ކޮށްދެމުން އައިސްފައިވަނީ އޮންލައިންކޮށެވެ. 

ފެމިލީ ކޯޓުން ބުނީ ޑިސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން، ކޯޓަށް މީހުން ހާޒިރުކޮށްގެން ކާވެނި އަޤްދުކޮށްދިނުމަށް ނިންމާ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކާވެނީގެ އަޤްދުކޮށްދިނުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ. 

އަދި ހަމައެއާއެކު، ކޯޓުން ބޭރުގައި ކާވެނީގެ މަޖިލިސް ބޭއްވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ފަރާތްތަކަށް ކޯޓުން ބޭރުގައި ކާވެނި އަޤްދުކޮށްދިނުމުގެ ކަންކަން ހަމަޖެހިގެން ދާނެ ކަމަށްވެސް މައުލޫމާތުދީފައިވެ އެވެ. އަދި ކޯޓުން ބޭރުގައި ކާވެނި އަޤްދުކޮށްދިނުމުގެ ހުއްދަ ދެވޭނީ ކޯޓުން ކަނޑައަޅާ އުސޫލާއި އެޗް.ޕީ.އޭ އިން ނެރުއްވާ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށްވެސް ބުނެފައިވެ އެވެ.

މިގޮތުން ކާވެނީގެ މަޖިލިސް ބާއްވާ ތަން އެފަދަ މަޖިލިހެއް ބޭއްވުމަށް އެކަށީގެންވާ ގޮތަށް، އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައި ހުންނަ މީހުން ދިރިނޫޅޭ ތަނަކަށް ވާންޖެހޭނެ ކަމަށްވެސް ފެމިލީ ކޯޓުން ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް