ads
2018 ވަނަ އަހަރު އިސްހާގު ހަސަން މިނިވަންކުރުން--
ބޮޑު ހިޔާނާތާ ގުޅޭ ފައިސާތަކެއް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ ރަނގަޅަށް: ހައިކޯޓު
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ މައްސަލައާއި ގުޅޭ ނުވަ ލައްކަ ރުފިޔާއެއް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައިހުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.

ހައިކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ ފިނިފެންމާ ލޯންޗްކޮޅުގައި އައިޑީއެއް ގޮށްވާލި މައްސަލައިގައި ހައްޔަރުކުރި އިސްހާގު ހުސައިންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައަކާއި ގުޅިގެންނެވެ. 

ފިނިފެންމާ ލޯންޗުގައި އައިޑީއެއް ގޮށްވާލި މައްސަލައިގައި އިސްހާގު ހުސައިން ދިރިއުޅެމުންދިޔަ ގ.އޮއިވާލި ބަލާ ފާސްކޮށް ފުލުހުންވަނީ ނުވަ ލައްކަ ރުފިޔާ އާއި ބައެއް އެހެނިހެން ތަކެތި ފުލުހުންގެ ބެލުމުގެ ދަށަަށް ގެންގޮސްފަ އެވެ. 

އެމައްސަލައިގައި ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ކުރި ހުކުމްގައި ބުނެފައިވަނީ އިސްހާގު ހޯދުމަށް އެދި ކޯޓަށް ހުށަހެޅި ނުވަ ލައްކަ ރުފިޔާއާއި އެއާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ތަކެތި ދޫކޮށްލުމުން ދައުލަތަށް އިތުރަށް ގެއްލުމާ ކުރިމަތިލާން ޖެހޭނެކަމަށް ބުނާތީ، އެކަންތައްތަކަށް ރިއާޔްކުރުމުން އެފައިސާ އާ ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށް ޝަރިއަތަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން އެތަކެތި ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުން ރަނގަޅުކަމަށް ޝަރިއަތަށް ގަބޫލު ކުރަވޭކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެ އެވެ. 

ކްރިމިނަލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްހާގުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާއިރު ނޮވެމްބަރު 29 ވަނަ ދުވަހު ހައިކޯޓުން ވަނީ އެ މައްސަލައިގައި ހުކުމްކޮށްފަ އެވެ.

ހައިކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، އިސްހާގު ދިރިއުޅޭ ކޮޓަރިން ފެނުނު ނުވަ ލައްކަ ރުފިޔާއަކީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާ ކުރުމުގެ ތެރެއިން ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތުހުމަތު އޮތުމުން، އަދި އެމްއެމްޕީއާރްސީގެ ހިޔާނަތުގެ މައްސަލައިގެ ތަހްގީގު މިހާރުވެސް ހިނގަމުންދާކަމަށްޓަކައި އެ ފައިސާ އިސްހާގު އާއި ހަވާލުނުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރުމަކީ، ގާނޫނީގޮތުން ޖާއިޒު ސަބަބެއްކަމުގައި ބަލައި، އެ ފައިސާ އަކީ ގާނޫނާއި ހިލާފަށް ހިފަހައްޓާފައިވާ ފައިސާއެއްކަމަށް ނުބެލޭކަމަށް ކަނޑައަޅާކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް