ads
އަބްދުﷲ ޒިޔަތު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި ހެކިބަސް ދެއްވަނީ --
ދައުވާތަކަށް އިއުތިރާފްވެ، ޒިޔަތުގެ މައްޗަށް 11 އަހަރުގެ ޖަލުހުކުމެއް
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލާގައި އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 32 ދައުވާއަށް އިއުތިރާފުވެއްޖެ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ޒިޔަތުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިިވި ކަމަށް ބުނެ އެވެ. އެ 32 ދައުވާތަކުގައި ޒިޔަތު ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ޖުމްލަ އަދަދު 781 މިލިއަން ރުފިޔާއަށް އަރައެވެ.

ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ކްރިމިނަލް ކޯޓުގައި މިއަދު އޭނާ އިއުތިރާފުވީ، ދައުލަތާއިއެކު އޭނާ ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މިއަދުގެ އަޑުއެހުމުގައި، ކޮންމެ ދައުވާއެއް ވަކިވަކިން އިއްވުމުން އޭނާވަނީ އެ ދައުވާ އަކަށް އިއުތިރާފްވާ ކަމަށް ވިދާޅުވެފަ އެވެ. 

އަދި އެއިން ކޮންމެ ދައުވާއަކަށް އެއްބަސްވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެންތޯ އާއި އިއުތިރާފްވަނީ އަމިއްލަ އިހްތިޔާރުގައި ތޯ ވަކިވަކިން ގާޒީ ސުުވާލު ކުރެއްވުމުން ޒިޔަތު ވިދާޅުވީ، އޭނާއަށް އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށާއި، ދައުވާތަލަށް އެއްބަސްވަނީ އަމިއްލަ އިހްތިޔާރުގައި ކަމަށެވެ.

ދައުވާތަކަށް އިއުތިރާފު ވަމުން ޒިޔާތު ވިދާޅުވެފައިވަނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނުވަތަ އޭނާ އެންގެވި ފަރާތްތަކާ އެ ޗެކްތައް ހަވާލު ކޮށްފައިވާނެ ކަމަށެވެ. އަދި އެ ޗެކްތަކުން ލިބުނު އެއްވެސް ފައިސާއެއް އޭނާއަށް ލިބިފައި ނުވާކަމަށާއި، އެ ފައިސާ އަދީބު އެންގެވި ފަރާތްތަކާ ހަވާލުކުރަމުން ދިޔައީ ސަރުކާރުގެ އެކި ކަންކަމަށް އެ ފައިސާ ހަރަދު ކުރާ ކަމަށް އަދީބު ވިދާޅުވެފައިވާތީ ކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ. 

މިމައްސަލާގައި ދައުލަތުން އެދުނީ ޒިޔަތުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އެއީ ހިޔާނާތްތެރިވެފައިވާ ފައިސާގެ އަދަދަށް ބަލައި، ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ މަތި ކުރުމަށް ފަހު، އަދިި ތަހުގީގަށް ޒިޔާތު އެއްބާރުލުން ދެމުންދާތީ އަދަބުގެ ދެ ދަރަޖަ ދަށްކޮށް، ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުންނެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް