ads
މީގެ ކުރިން އެމްއެންޑީއެފުން ހިއްސާކޮށްފައިވާ ފޮޓޮއެއް--
ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ބޯޓެއް ހިފަހައްޓައިފި
ދިވެހިރާއްޖޭގެ ހާއްސަ އިޤުތިސޯދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ނޮވެންބަރު 30 ވަނަ ދުވަހު ކ.މާފުށިގެ އިރުން 140 ނޯޓިކަލް މޭލުން، ދިވެހިރާއްޖޭގެ ހާއްސަ އިޤުތިސާދީ ސަރަޙައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ފެނިގެން އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "އަސުރުމާ 03" ދޯނިން އިއްޔެ 11:45 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ހާއްސަ އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑު ޑޯނިއާ ފްލައިޓް ވައިގެ މަގުން މަސްބޯޓު އޮތް ސަރަހައްއްދު ދެނެގަތުމަށްފަހު، އިންޑިއާއިން ރީފިޓުގެ މަސައްކަތް ނިންމާ ރާއްޖެއަށް ދަތުރު ކުރުމުން ދިޔަ ކޯސްޓްގާޑު ޝިޕް ހުރަވީ ގެ މިސްރާބު ބޭރުގެ މަސްބޯޓު އޮތް ސަރަޙައްދަށް ބަދަލުކޮށް، އެ ބޯޓު ކޯސްޓުގާޑް ޝިޕް ހުރަވީ ގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް މައުލޫމާތު ދީފައިވެ އެވެ. އެމްއެންޑީއެފުން ބުނެފައިވަނީ އެ ބޯޓުގައި 6 ފަޅުވެރިން ތިއްބި ކަމަށެވެ.

ކޯސްޓްގާޑް ހުރަވީގެ  ބެލުމުގެ ދަށުން  މި މަސްބޯޓު މާލެ އަށް މިހާރު ދަތުރު ކުރަމުންއަންނަ ކަމަށާއި، މި ބޯޓަށް މާލެ އަށް ވަދެވޭނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައިކަމަށް ވެސް މައުލޫމާތުދީފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް