މައުލޫމާތު ލިބިފައިވާ ގޮތުގައި ސަސްޕެންޑް ކޮށްފައިވަނީ ލަންދޫ ސްކޫލުގެ މަސައްކަތުގެ މީހެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. އަދި އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އޭނާ ސަސްޕެންޑް ކުރިކަމުގެ ލިއުން ފޮނުވާފައެވެ.
އެ ލިއުމުގައި ވަނީ، މިދިޔަމަހުގެ 28 ވަނަ ދުވަހު "ސަރުކާރާއި ދެކޮޅަށް އަޑުއުފުލައި ރައީސުލް ޖުމްހޫރިއްޔާ ދަންޖައްސައި މަރާލުމަށް ގޮވާލައި" ކުރިއަށްގެންދިޔަ މުޒާހަރާއެއްގައި އަމަލީގޮތުން ބައިވެރިވެ އެކަމަށް ހިއްވަރުދީފައިވާތީ، 30 ދުވަހުގެ މުއްދަތަށް މުސާރަ ނުލިބޭގޮތަށް އޭނާ އޮފީހަށް ނުކުތުން މަނާކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އަދި އެގޮތަށް ކަނޑައެޅީ ދިވެހި ސިވިލްސާވިސް ގަވާއިދުގެ 2014ގެ 258 ވަނަ ނާދާގެ (ށ)ގެ 2 ވަނަ ނަމްބަރުގެ ދަށުންނާއި، ސިވިލްސާވިސް ގާނޫނުގެ 46 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ކަމަށްވެސް އެލިއުމުގައި ވަނީ ބަޔާންކޮށްފައެވެ.