ads
މަރަދޫ ބަނދަރުގެ މަސައްކަތުގެ ތެރެއިން--- ފޮޓޯ: އެމްޓީސީސީ
މަރަދޫ ބަނދަރުގެ ބޭރުތޮށި މަރާމާތުކުރުމުގެ މަސައްކަތް ނިންމާލައިފި
ސ. މަރަދޫ ބަނދަރުގެ ބޭރުތޮށި މަރާމާތުކުރުމުގެ މަޝްރޫއު ނިމިއްޖެ ކަމަށް އެ މަޝްރޫއު ހިންގުމާއި ހަވާލުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

މިދިޔަ އަހަރުގެ ޖޫން 30 ގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާއި ހަވާލުކުރި އެ މަޝްރޫއުގެ މަސައްކަތްތައް ދޮޅު އަހަރުތެރޭ ނިމިފައިވާ އިރު، އެ މަޝްރޫއު އަށް 28.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

އެ މަޝްރޫއުގެ ދަށުން 18،873 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 419 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 340 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 40 މީޓަރު ދިގު، 6 މީޓަރު ފުޅާ ބްރިޖެއް ރޭނުމާއި، 1،975 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ފަދަ މަސައްކަތްތައް ކޮށްފައިވެ އެވެ.

އެމްޓީސީސީ އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު މަޝްރޫއުތައް ހިންގަމުންދާ އިރު، އައްޑޫ ސިޓީގެ ހަތަރު ރަށެއްގައި މިހާރުވެސް އެ ކުންފުނިން މަޝްރޫއުތައް ހިންގަމުން ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް