ads
ނައިފަރު - ފޮޓޯ: ނައިފަރު ކައުންސިލް
ނައިފަރު ފެނާ ނަރުދަމާގެ މަސައްކަތް ނުނިމޭ މައްސަލަ މަޖިލީހަށް ބަލައިގެންފި
ނައިފަރު ފެނާ ނަރުދަމާގެ މަސައްކަތް ނުނިމޭ މައްސަލައިގައި މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގެންފި އެވެ.

އެ ގަރާރު މަޖިލީހަށް ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވި 61 މެމްބަރުންގެ ވޯޓުންނެވެ. އެހެން ކަމުން އެ މައްސަލަ ދިރާސާކުރުމަށް ވަނީ މަޖިލީހުގެ އެންވާރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ފޮނުވާފަ އެވެ. 

ނައިފަރު ފެނާ ނަރުދަމާގެ މަސައްކަތް ނުނިމޭ މައްސަލަައިގައި މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. 

ޝިޔާމް ހުށަހެޅުއްވި ގަރާރުގައި ވަނީ، ނައިފަރު ފެނާ ނަރުދަމާގެ މަސައްކަތް ނުނިމި އެ މަސައްކަތް ހުއްޓިފައިވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާކަމަށެވެ. 

މި ގަރާރު މަޖިލީހަށް ބަލައިގެންފައިވާއިރު، ނައިފަރު ފެނާ ނަރުދަމާގެ މަސައްކަތް ނުނިމި ގިނަދުވަސްވެފައިވާތީ އެ މަސައްކަތް ނިންމުމަށް އޮކްޓޫބަރު 26 ވަނަ ދުވަހު ވަނީ އެމްޑަބްލިއުއެސްސީ އަށް ހަވާލުކޮށްފަ އެވެ. 

ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް މީގެ ކުރިން އޮތީ އިންޑިއާގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ލަކީ ހިޔާ އެކްސްޕޯޓްސް އާއި ޓްރެވަނީއާ ހަވާލުކޮށްފަ އެވެ. 

އެ މަސައްކަތް ހަވާލުކުރިތާ ތިން އަހަރު ވެފައި ވާއިރު ވެސް މަސައްކަތް ނިންމާލެވިފައި ނުވާތީ އެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައި ވަނީ އެ މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް