ads
ދޯންޏަކުން ފެލިވަރަށް މަސްކިރަން ތައްޔާރުވަނީ-- ފޮޓޯ: ދިވެހި މަސްވެރިން
މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ހުށަހެޅި ގަރާރު ބަލައިގެންފި
މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގެންފި އެވެ.

މިގަރާރު މަޖިލީހަށް ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވި 60 މެމްބަރުންގެ ވޯޓުންނެވެ. މިގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. 

އާދަމް ޝަރީފް އުމަރު ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، މަސްވެރިން ބާނާ މަސް ނުކިރި އެތައް ދުވަހެއް ކިއުގައި މަސްކިރޭނޭ ދުވަހެއްގެ އިންތިޒާރުގައި ރަށުން ބޭރުގައި ތިންޖެހޭކަމަށެވެ. އަދި އެތައް ދުވަހެއް ކަނޑުމަތީގައި ހޭދަކޮށްގެން ބޮޑު ހަރަދުކޮށްގެން ބާނާ މަސްކޮޅު ނުކިރިގެން މަހަށް ނުފުރި ގިނަ ދުވަސްތަކެއް އާއިލާއާ ދުރުގައި ތިބެންޖެހުމާއި ކިރޭ މަސްކޮޅަށް ލިބެންޖެހޭ ފައިސާ ނުލިބި އެތައް ދުވަސްތަކެއް ވޭތުކުރަންޖެހޭކަމަށެވެ. 

ގަރާރުގައި ބުނެފައިވަނީ ކަޅުބިލަ މަހުގެ ކޮންޓްރޯލް އަގު ދޫކޮށްލުމުގެ ސަބަބުން ކަޅުބިލަ މަހުގެ އަގު ދަށަށްދިއުމާއި އެކަށީގެންވާ އަދަދަކަށް ބޮޑުކަންނެލި ބޭނިއްޖެނަމަ، ބައެއް ފަރާތްތަކުން ކަންނެލި ގަންނަ އަގު ދަށްކުރުމުގެ ސަބަބުން މަސްވެރިންނާއި އޮޑިވެރިންނާއި މަސްވެރި އާއިލާތަކަށް ގެއްލުންލިބި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާކަމަށެވެ. 

އެހެންކަމުން އެކަންކަމަށް ހައްލު ހޯދުމަށް މަސްވެރިން ބާނާ މަސް އަވަހަށް ކިރޭނޭގޮތާއި، ކިރޭ މަސްކޮޅަށް ވަގުތުން ފައިސާ ލިބޭނޭ އިންތިޒާމު ހަމަޖައްސައިދިނުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް އިލްތިމާސްކޮށް ގޮވާލާކަމަށް ގަރާރުގައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް