ads
މީގެ ކުރިން އެމްއެންޑީއެފުން ހިއްސާކޮށްފައިވާ ފޮޓޮއެއް--
ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުން އަތުލައިގެން ބޯޓު މާލެ ގެނެސްފި
ދިވެހިރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެއި ބޭރުގެ މަސްބޯޓު މާލެ ގެނެސްފި އެވެ.

އެމްއެންޑީއެފްއިން ބުނީ އެ ބޯޓު ހުޅުމާލެ ފަޅަށް ވައްދާފައިވަނީ މިއަދު ހަވީރު 5:15 ހާއިރު ކަމަށެވެ. އަދި މިހާރު އެ މައްސަލަ ބެލުމަށް ފުލުހުންނާއި ވަނީ ހަވާލުކޮށްފަ އެވެ. 

ނޮވެންބަރު 30 ވަނަ ދުވަހު ކ.މާފުށިގެ އިރުން 140 ނޯޓިކަލް މޭލުން، ދިވެހިރާއްޖޭގެ ހާއްސަ އިޤުތިސާދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ފެނިގެން އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "އަސުރުމާ 03" ދޯނިން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ 11:45 ހާއިރު އެވެ.

އެ ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ހާއްސަ އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑު ޑޯނިއާ ފްލައިޓް ވައިގެ މަގުން މަސްބޯޓު އޮތް ސަރަހައްއްދު ދެނެގަތުމަށްފަހު، އިންޑިއާއިން ރީފިޓުގެ މަސައްކަތް ނިންމާ ރާއްޖެއަށް ދަތުރު ކުރުމުން ދިޔަ ކޯސްޓްގާޑު ޝިޕް ހުރަވީ ގެ މިސްރާބު ބޭރުގެ މަސްބޯޓު އޮތް ސަރަޙައްދަށް ބަދަލުކޮށް، އެ ބޯޓު ކޯސްޓުގާޑް ޝިޕް ހުރަވީ ގެ ބެލުމުގެ ދަށަށް  ވަނީ ގެނެސްފައެވެ. 

އަދި މިހާރު ހުޅުމާލެ ހުޅުމާލެ ފަޅަށް ވައްދާފައިވާ އެ ބޯޓުގައި 6 ފަޅުވެރިން ތިއްބި ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް މީގެ ކުރިންވެސް އެކި ފަހަރުމަތިން ބޭރުގެ ބޯޓު ފަހަރުތައް ވަނީ އަތުލާގަންފައެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ވެސް ވަނީ ލަންކާގެ ހަތް މަސްބޯޓު އަތުލާގަންފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް