ads
ކޮވިޑާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް އެހީ ފޯރިކޮށްދިނުން
ޗައިނާއަކީ ރާއްޖޭގެ މުހިއްމު އެކުވެރިއެއް: މިނިސްޓަރު ޝާހިދު
ޗައިނާއަކީ ރާއްޖޭގެ މުހިއްމު އެކުވެރިއެއް ކަމަށާއި އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ޗައިނާއާއި އެކު މަސައްކަތް ކުރައްވާނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އާއެކު މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވީ އިއްޔެ މެންދުރުފަހުއެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ބެހޭ ގޮތުން މަޝްވަރާކުރަށްވާފައިވެއެވެ.

އެ ބައްދަލުވުމަށްފަހު މިނިސްޓަރު ޝާހިދު ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ މުހިއްމު އެކުވެރިއެއްކަމަށާއި، މިހާރު ދިމާވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ޗައިނާއެކު ވަރަށް ގާތުން މަސައްކަތްކުރައްވާނެކަމަށެވެ. 

އެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވަޑައިގެންނެވިއެވެ. 

ޢެގެ އިތުރުން މިނިސްޓަރު ޝާހިދު އާއި މިނިސްޓަރު އަމީން އިއްޔެ ވަނީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއެކު ވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް