ads
މަރަދޫ ދާއިިރާގެ މެމްބަރުު އިބްރާހިމް ޝަރީފް---
ޝަރީފްގެ ނަން އިއްވާ މަޖިލީހުން ނެރެފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށިތަނުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްގެ ނަން އިއްވާ މަޖިލީހުން ނެރެފި އެވެ.

ޝަރިފްގެ ނަން އިއްވީ މަޖިލީހުގެ ޖަލްސާ ފެއްޓި ވަގުތުގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމާއި ދެމެދު ހިނގާދިޔަ ކަންތައްތަކަކާއި ގުޅިގެންނެވެ. 

ޖަލްސާ ފައްޓަވާ ރައީސް ނަޝީދު ވާހަކަ ދައްކަވަމުން ދިޔަ އިރު އެ ދެ މެމްބަރުންގެ އަޑުގަދަ ކޮށް ވާހަކަ ދައްކަމުން ދިޔަ އަޑު އިވުނެވެ. ދެ މެމްބަރުންގެ މެދުގައި ހިތްހަމަ ނުޖެހުން އުފެދި ޒުވާބު ކުރަމުން ދިޔަ ނަމަވެސް އެކަން ހިނގާފައިވަނީ ކޮން ކަމަކާއި ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ. 

ދެ މެމްބަރުންގެ ޒުވާބު ބޮޑުވުމުން ރައީސް ނަޝީދު ވަނީ ޝަރީފްގެ ނަން އިއްވާފަ އެވެ. ނަން އިއްވުމުންވެސް މަޖިލީހުގެ ތަޅުން ދޫކޮށް ދިއުމަށް ޝަރީފް ދެކޮޅު ހެދި މަންޒަރު ފެނުނެވެ. އެހެން ނަމަވެސް ސާޖެންޓް އެޓް އާމްސް ވާހަކަ ދެއްކިތާ އިރުކޮޅެއް ފަހުން ޝަރީފް ވަނީ މަޖިލީހުގެ ތަޅުން ދޫކޮށް ގޮސްފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް