ads
ފޮޓޯ:އެމްއެމްއޭ
ނަގުދު ފައިސާގެ ގޮތުގަައި ނެގޭ އަދަދު ކޮންޓްރޯލްކޮށްފި
އެންމެ ގިނައިން ނަގުދު ފައިސާގެ ގޮތުގައި ނެގޭނެ އަދަދަކީ ދެ ލައްކަ ރުފިޔާ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅައިފި އެވެ.

އެމްއެމްއޭ އިން މި ގޮތަށް ކަނޑައަޅާފައިވާ އިރު، އެ ނިންމުން ތަންފީޒު ކުރާނީ މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އެމްއެމްއޭ އިން އެގޮތަށް ނިންމާފައިވަނީ އޮންލައިންކޮށް ކުރެވޭ މުއާމަލާތްތަކަށް ތަރުހީބު ދިނުމުގެ ގޮތުން ކަމަށް އެ އިދާރާ އިން ބުނެއެވެ.

ބޭންކުތަކާއި އެކު މަޝްވަރާ ކުރިކަން ފާހަގަކޮށް އެމްއެމްއޭ އިން ބުނީ އޮންލައިންކޮށް ފައިސާދެއްކޭނެ ނިޒާމު ގާއިމްކުރެވިގެންދާ އިރު، އެ ބަދަލުގެ ސަބަބުން އެފަދަ ނިޒާމަކަށް ގިނަ ބަޔަކު އަހުލުވެރިވުމަށް ހިތްވަރު ލިބިގެންދާނެ ކަމަށާއި، އަދި އެ ބަދަލުގެ ސަބަބުން ވިޔަފާރިތަކަށް ނަގުދު ފައިސާ ބޭނުންކުރުމުގައި ދިމާވާ ހުރަސްތައް ކުޑަކުރެވޭނެ ކަމަށެވެ.

ދުވާލަކަށް ނަގުދު ފައިސާގެ ގޮތުގައި ނެގޭ އަދަދު އެމްއެމްއޭ އިން އަލަށް ހިފަހައްޓާފައިވާ އިރު، މީގެ ކުރިން ބޭންކް އޮފް މޯލްޑިވްސް އިން ވެސް ވަނީ ނަގުދު ފައިސާގެ ގޮތުގައި ނެގޭ މިންވަރު ހިފަހައްޓާފަ އެވެ. މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން ގެނެވޭ ބަދަލުގެ ސަބަބުން ރާއްޖޭގެ ހިނގާ ބޭންކްތަކުންވެސް ދެން ނެގޭނީ ދުވާލެއްގެ މައްޗަށް ދެ ލައްކަ ރުފިޔާ އެވެ.

އެ ނިންމި ނިންމުމާއި، ގައުމުގެ އިގްތިސާދީ ހާލަތާއި އެއްވެސް ގުޅުމެއް ނުވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް