"ސިންގަޕޫރު އެއާލައިންސް" ގެ ދަށުން ހިންގާ ސިލްކްއެއާ އިން އިއްޔެ ރާއްޖެ އަށް ދަތުރުތައް ފަށާފައިވާ އިރު، ކޮންމެ ހަފްތާ އަކުވެސް ރާއްޖެ އަށް ދެ ދަތުރު ކުރާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެއެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ކުރިން ސިންގަޕޫރު އެއާލައިންސް އާއި ރާއްޖެއާއި ދެމެދު ކޮންމެ ހަފްތާ އަކު 16 ދަތުރު ބާއްވާފައިވެ އެވެ.
1984 ވަނަ އަހަރުގެ މާޗު މަހުގައި ސިންގަޕޫރު އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށާފައިވާ އިރު، އެ ކުންފުނީގެ ދަށުން ހިންގާ ސިލްކްއެއާ އިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގައެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ސިލްކްއެއާ ހިމެނޭ ގޮތަށް ރާއްޖެއަށް ނަވާރަ އެއާލައިނަކުން ދަތުރު ފަށާފައިވާ އިރު، މި މަހުގައި އިތުރު ދިހަ އެއާލައިނަކުން ދަތުރު ފަށާނެ އެވެ.