ads
މަރަދޫ ދާއިިރާގެ މެމްބަރުު އިބްރާހިމް ޝަރީފް---
ފުލުހުންގެ މުއައްސަސާ ސިޔާސީވާގޮތަށް ބިލު ބަދަލުކުރަން ތާއީދުނުކުރާނަން: ޝަރީފް
ފުލުހުންގެ މުއައްސަސާ ސިޔާސީވާގޮތަށް ބިލު ބަދަލުކުރަން ތާއީދު ނުކުރާނެ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ މިއަދުގެ މަޖިލީހުގައި އޭނާގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނެރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. 

ޝަރީފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ދިވެހި ފުލުހުންގެ ބިލަށް ކޮމިޝަންޑް އޮފިސަރުން ގާނޫނުގެ ޒަރީއާއިން ވަކިކުރާ ގޮތަށް ހުށައަޅަން އުޅޭ އިސްލާހަށް ތާއީދު ނުކުރާނެ ކަމަށް ބުނުމުން މެމްބަރު އަހުމަދު ހަލީމް (ދޮންބިލަތް) އޭނާއާ ޒުވާބު ކުރަން ފެށިކަމަށެވެ. އެހެން ނަމަވެސް ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނެރުނީ އޭނާ އެކަނިކަން ޝަރީފް ވަނީ ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. 

ޝަރީފް އިތުރަށް ވިދާޅުވެފައިވަނީ އޭނާގެ ނަން އިއްވާ މަޖިލިސް އިން ބޭރުކުރި ނަމަވެސް ބަދަލު ހިފުމުގެ ގޮތުން ފުލުހުންގެ މުއައްސަސާ ސިޔާސީ ކޮށް ކޮމިޝަންޑް އޮފިސަރުން ގާނޫނަށް ގެންނަ ބަދަލަކުން ވަކިކޮށް ބޭނުންވާ ބަޔަކު އަލުން ވަޒީފާ ދިނުމަށް ގެންނަން ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ނުކުރާނެ ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ބަދަލުހިފުމަށް ތާއަބަދު މަސައްކަތް ކުރުމަކީ ވަރަށް ނާތަހުޒީބު ކަމެއްކަމަށެވެ. 

ފުލުހުންގެ ބިލާއި ގުޅޭގޮތުން ރައީސް ނަޝީދު އިއްޔެގެ މަޖިލީހުގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން އެމަނިކުފާނު ހުށަހެޅުއްވި އިސްލާހު ކޮމިޓީން ބަލައިނުގަތުމުން އެކަމުގައި ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އަދި އޭގެފަހުން ރޭ ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ހަތެއް ފެބްރުއަރީގައި ހިނގި ބަގާވާތަކީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކިގެން ފުލުހުންގެ ގާނޫނު އިސްލާހުކޮށްފިނަމަ، ޒަމާންތަކެއް ވަންދެން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިދާނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް