ads
ބަންގްލަދޭޝް އިން 15 މިލިއަން މީހުންނަށް ހިލޭ ވެކްސިން ދެނީ
ބަންގްލަދޭޝް އިން އެގައުމުގެ ރައްޔިތުންނަށް ކޮވިޑް-19 ވެކްސިންގެ 30 މިލިއަން ޑޯޒް ހިލޭ ދޭން ނިންމާފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.

އިއްޔެ އެ ގައުމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންގްލަދޭޝްގެ ކެބިނެޓް ސެކެއްޓްރީ ކާންދްކެރް އަންވަރުލް އިސްލާން ވިދާޅުވީ އެގައުމުން ވެކްސިން ގަތުމަށް 87 މިލިއަން ޑޮލަރު ހޯދާފައިވާ ކަމަށެވެ. އަދި ވެކްސިން ރައްޔިތުންނަށް ހިލޭ ލިބޭނެކަމަށްވެސް ވިދާޅުވި އެވެ.

ވެކްސިން ލިބުމާއެކު ރައްޔިތުންނަށް ދިނުން ހަމަޖެހިފައިވަނީ ވޯލްޑް ހެލްތް އޯގަނައިޒޭޝަން އިން ގާއިމް ކޮށްފައިވާ އުސޫލްތަކުގެ ދަށުން ކަމަށް ވެސް ވިދާޅުވި އެވެ. 

ބަންގްލަދޭޝް އިން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު، އޮކްސްފޯޑް- އެކްޓްރާ ޒެނެކާގެ ވެކްސިންގެ 30 މިލިއަން ޑޯޒް ހޯދުމަށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓާ އެކު އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.  

ޖެނުއަރީ މަހު ވެކްސިން ލިބެން ފަށާނެ ކަމަށް ލަފާކުރާއިރު އެ ވެކްސިން ހިލޭ ލިބޭނީ 15 މިލިއަން މީހުންނަށް ކަމަށް ވެ އެވެ. ސަބަބަކީ ކޮންމެ މީހެއްގެ ގަޔަށް ވެސް ވެކްސިންގެ ދެ ޑޯޒް ޖަހަން ޖެހުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް