ads
ލިވަޕޫލުގެ ކޯޗު ކްލޮޕް
އަޔަކްސް ބަލިކޮށް ލިވަޕޫލް ދެވަނަ ބުރަށް
އަޔަކްސް ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ލިވަޕޫލް ޖާގަ ހޯދައިފިއެވެ. އަޔަކްސް އަތުން ލިވަޕޫލް ރޭ މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ.

ލިވަޕޫލް ދެވަނަ ބުރުން ޖާގަ ކަށަވަރުކުރީ ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެގެންނެވެ. ބާކީ އަދި އެއް މެޗު އެބައޮތެވެ. ލިވަޕޫލް ހިމެނޭ ގްރޫޕުގެ ދެވަނައިގަ އޮތީ އިޓަލީގެ އެޓަލަންޓާއެވެ. ތިންވަނައިގަ އަޔަކްސް އޮތް އިރު ފުލުގައި އޮތީ މިޓްޔައެލަންޑެވެ. 

އަންގާރަ ދުވަހުގެ ރޭ ލިވަޕޫލް ކުޅުނު މެޗުގައި ކީޕަރަށް ކުޅުނީ ޒުވާން ގޯލް ކީޕަރު ކޮއަމްހީން ކެލަހާ އެވެ. މެޗުގެ ހަމަ އެކަނި ލަނޑު ލިވަޕޫލަށް ޖަހައިދިނީ ދެވަނަ ހާފުގެ ތެރޭގައި ކާޓިސް ޖޯންސްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް