ads
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު
ގިނަ ގޮންޖެހުންތަކާއި އެކުވެސް ފެނަކައަށް ބައިނަލްއަގްވާމީ ހަތަރު އެވޯޑެއް
ފެނަކަ ކޯޕަރޭޝަނަށް ބައިނަލްއަގުވާމީ ހަތަރު އެވޯޑެއް ލިބިއްޖެ އެވެ.

އޭޝިއާ ސަރަހައްދުގެ އެންމެ މަތީ ޔޫޓިލިޓީ އެވޯޑް ކަމަށްވާ "އޭޝިއަން ޕަވާ އެވާޑްސް" ގެ ހަތަރު އެވޯޑެއް ފެނަކަ ކޯޕަރޭޝަން އަށް ލިބިފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ "ޕަވާޕްލާންޓް އަޕްގްރޭޑް އޮފް ދަ އިއާ" އެވޯޑާއި، "ޕަވާ ޔޫޓިލިޓީ އޮފް ދަ އިއާ" އެވޯޑާއި، "ސޯލާ ޕަވާ ޕްރޮޖެކްޓް އޮފް ދަ އިއާ" އެވޯޑްގެ އިތުރުން "ސީއީއޯ އޮފް ދަ އިއާ" އެވޯޑެވެ.

ފެނަކަ އަށް ޕަވާޕްލާންޓް އެވާޑް އޮފް ދަ އިއާ އެވާޑް ލިބިފައިވަނީ އެ ކުންފުނިން ލ. ގަމުގައި ގާއިމް ކޮށްފައިވާ ސެންޓްރަލް ޕަވާ ސްޓޭޝަންގެ މަޝްރޫއަށެވެ. އެ މަޝްރޫއު އަކީ ރާއްޖޭގައި ކަރަންޓު އުފައްދައި ފޯރުކޮށްދިނުމުގެ ދާއިރާ އަށް ގެނެވޭ ޒަމާނީ ފަންނުވެރިކަމުގެ އީޖާދުގެ ފެށުމަށް ވެގެން ދާނެ ކަމަށް ފެނަކަ އިން ބުނެއެވެ.

ފެނަކަ އަށް ސޯލާ ޕަވާ ޕްރޮޖެކްޓް އޮފް ދަ އިއާ ލިބިފައިވަނީ ގދ. އަތޮޅުގެ މަޑަވެއްޔާއި އެ އަތޮޅުގެ ހޯޑެއްދޫގައި ގާއިމްކުރުމަށް ރާވައި ފެށުމަށް ތައްޔާރުވެފައިވާ އަވިން ހަކަތަ އުފައްދާ ނިޒާމްގެ މައްޗަށް ކަމަށްވާ އިރު، އެ މަޝްރޫއު ވާނީ ރާއްޖޭގައި ހިންގާ އެފަދަ މަޝްރޫއުތަކުގެ ތެރެއިން ތަފާތު އަދި އިންގިލާބީ މަޝްރޫއު އަކަށް ކަން ފެނަކަ އިން ބުނެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދަށް ސީއީއޯ އޮފް ދަ އިއާ އެވޯޑް ލިބިފައިވަނީ އޭޝިއާގެ ހުރިހާ ޔޫޓިލިޓީ ކުންފުނިތަކެއްގެ ސީއީއޯ އިންގެ މެދުގައި ވާދަކޮށްގެންނެވެ.

ފެނަކަ އަށް މި އެވޯޑްތައް ލިބުމަކީ އެ ކުންފުނިން މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކޮށްފައިވާ މަސައްކަތްތައް ބައިނަލްއަގުވާމީ ފަރާތްތަކުން ބަލައިގަތުމުގެ ހެތްކެއް ކަމަށް ފެނަކަ އިން ބުނެއެވެ.

އަހަރަކު އެއްފަހަރު ބާއްވާ "އޭޝިއަން ޕަވާ އެވޯޑްސް" ގެ މިއަހަރުގެ އެވާޑް ދިނުމުގެ ހަފްލާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާފައިވާ އިރު، މި އަހަރުގެ ހަފްލާގައި 50 ކުންފުންޏަކުން އެވޯޑްތައް ހާސިލްކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް